އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/9) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ 2020 އޮގަސްޓު 31 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ގުޅިގެން އެފަރާތްތަކަށް ޤާނޫނު އަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާނީ ތަޢައްސުބުން އެއްކިބާވެހުރެ މިނިވަންކަމާއިއެކު މަސްއޫލިއްޔަތު އަދާކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެއެވެ.

ހަމަ އެއާއެކު މި ބިލުގައި ޕްރޮސިކިއުޓަރ ޖެނެރަލް ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާނުކުރުމާއި، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ނުކުރުމަށާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށާއި، ސިޔާސަތުތައް އެކަށައެޅުމަށާއި، ސުލޫކީ ހަމަތަކާއި ޚިލާފުވުން ފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތް އެކުލެވިގެންވެއެވެ.

މީގެ އިތުރުން މާލީ ހިސާބު ހުށަހެޅުމަށާއި ސުލޫކީ ހަމަތަކާއި މުވައްޒަފުން ޚިލާފުވުމުން ޢަމަލުކުރާނެ ގޮތުގެ ތަފްޞީލު ވެސް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤު ކުރެއްވުމާއި ގުޅިގެން، މި ބިލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު