އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަޕާނުގެ އާ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ޖަޕާނުގެ އާ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ޔޮޝިހިދޭ ސުޤާއަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ޔޮޝިހިދޭ ސުޤާއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖުގައި ޖަޕާނާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުމަކީ ބައިގަރުނަށްވުރެ ދިގު މާޒީއެއް އޮތް ގާތް ގުޅުމެއްކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އައު ބޮޑުވަޒީރަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.

މީގެ އިތުރުން، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީއަށް އަދަދު ނުކުރެވޭހާ ގިނަ އެހީތައް ފޯރުކޮށްދެމުން އަންނަ ޤައުމެއްކަމާއި، ކޮންމެ އަހަރަކު ވެސް އެތައް ހާސް ފަތުރުވެރިންނެއް ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި، ޖަޕާނުގެ އައު ބޮޑު ވަޒީރުގެ ޒަޢާމަތުގައި ދެ ޤައުމުގެ ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވައި، އައު ބޮޑުވަޒީރުގެ ޒަޢާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ފަހިކަން ގެނެސްދެއްވާނެކަމަށް ޔަޤީންކުރައްވާކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޖަޕާނުގެ އައު ބޮޑު ވަޒީރަށް ފުރިހަމަ ޞިއްޙަތެއް ދެއްވުމަށާއި، އެ މަނިކުފާނުގެ ޒަޢާމަތުގައި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު