އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރުޅީގަ އަނެކާގެ ސިއްރުތައް ބޭޒާރުނުކުރާށެވެ! ތިމާގެ ސިއްރުތައް ﷲ ބޭޒާރުކުރައްވަވައިފިނަމަ ވާނެ ފަޟީޙަތް މާބޮޑުވެދާނެ!

ރުޅީގަ އަނެކާގެ ސިއްރުތައް ބޭޒާރުނުކުރާށެވެ! ތިމާގެ ސިއްރުތައް ﷲ ބޭޒާރުކުރައްވަވައިފިނަމަ ވާނެ ފަޟީޙަތް މާބޮޑުވެދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ދެމަފިރިންނަމަވެސް ދެ އެކުވެރިންނަމަވެސް ކޮންމެ ދެމީހަކުނަމަވެސް އެކުގައި އުޅުމަށްފަހު ރުޅިވި ނަމަވެސް، ޚިޔާލުތަފާތުވި ނަމަވެސް އަދި ހިތް ހަމަ ނުޖެހުނު ނަމަވެސް އަނެކާގެ  ސިއްރުތައް ބޭޒާރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. 

ވިސްނަންވީ ކޮންމެ މީހެއްގެ ވެސް ސިއްރުތަކެއް ހުންނާނެކަމާއި ޚުދު ތިމާގެ ވެސް ސިއްރުތަކެއް ހުންނާނެއެވެ. ހުރިހާ ކަންކަން އެންމެ މޮޅަށް ދެކެ ދެނެވޮޑިގެންވާ ﷲ ތަޢާލާ ތިބާގެ ސިއްރުތައްވެސް ދެނެވޮޑިގެންވެއެވެ. ވީމާ 

މީހަކު ދެކެ ރުޅި އަންނައިރަށް އެމީހާގެ ސިއްރުތައް ބޭޒާރުކުރާއިރު ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ގޮތަށް ކިތައް ކަންތައް ކޮންމެ ދުވަހަކު ތިބާ ކުރަމުހެއްޔެވެ؟ އެހެންކަމާއިއެކުވެސް ތިބާގެ ސިއްރުތައް ﷲ ތަޢާލާ ހާމައެއް ނުކުރައްވަވައެވެ. ސިއްރުކުރައްވަވައި ހިފަހައްޓަވައެވެ. އަހަރެމެން ސިއްރުން ކުރާ ހުރިހާ ކަންކަން ﷲ ތަޢާލާ ހާމްކުރައްވަވާނަމަ އަހަރެމެންނަށް އުޅެންޖެހޭނެ ހާލާއިމެދު ނިކަން ވިސްނައިލަބަލާށެވެ! 

އެކުވެރިކަން ދެމެހެއްޓުމާއި ބަދަހިކުރުމާއި އަދި ދުރުހެލިވާންޖެހޭ ޙާލަތުގައި ދުރުހެލވުމަކީވެސް ހަމަ ތަފާތު ކަންކަމެވެ. އަހަރެމެންނަށް އޮތީ ސިއްރު ސިއްރުގެ ބާއްވައިދިނުމެވެ. 

ދެމީހަކު އެކުގައި އުޅޭނަމަ ގިނަ ފަހަރަށް އެކެއްގެ ވަރަށް ގިނަ ސިއްރުތައް އަނެކަކަށް އެނގޭނެއެވެ. އެއީ ހިއްޞާކުރާތީއެވެ. ދެ މީހުންގެ މެދުގައި ދެބަސްވުމެއް ހިނގައި އެކަކު އަނެކަކު ދެކެ ރުޅިއަންނައިރަށް އެމީހާގެ ސިއްރުތައް ބޭޒާރުކުރުމަކީ ގިނަ ބައަކު ކުރަމުން އަންނަކަމެކެވެ. ބޭނުމަކަށްވެފައި އޮންނަނީ އެމީހަކު މީސްތަކުންގެ ކުރިމަތީގައި ފަޟީހަތްކޮށް ނިކަމެތިކޮށްލުމެވެ. ލަދުގަންނަވައިލުމެވެ. 

މީހެއްގެ އައިބު ފޮރުވައިދީފި މީހެއްގެ އައިބުތައް ﷲ ތަޢާލާ ޤިޔާމަތް ދުވަހު ފޮރުއްވަވައިދެއްވަވާނެތެވެ. މިވަރުގެ ބޮޑު ނިޢްމަތެއް ލިބެން އޮއްވައި ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ! 

ވީމާ މިކަންކަމަށް އިތުރަށް ވިސްނައިލާށެވެ! ކޮންމެ ކަމެއް މެދުވެރިވެގެން ދެމީހަކު ވަކިވި ނަމަވެސް ސިއްރުތައް ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެއެވެ! ދުނިޔެއާއި އާޚިރަތުގައިވެސް އެންމެ ފައިދާކުރާނެ ގޮތަކީ އެއީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް