އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާޚާނާގަ ވުޟޫކުރާނަމަ ދުޢާކުރުމެއް ނެތް!: އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު

ފާޚާނާގަ ވުޟޫކުރާނަމަ ދުޢާކުރުމެއް ނެތް!: އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ފާޚާނާގައި އެއްވެސް ކަހަލަ ޛިކުރެއް ކުރުމީ ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވާގޮތުގައި ހުއްދަ ކަމެއްނޫނެވެ. އެހެން ކަމުން ބިސްމިއާއި ވުޟޫދުޢާފަދަ ދުޢާ ކިޔަންވާނީ ފާޚާނާއިން ބޭރުގައެވެ. ފާޚާނާއަށް ވަންނައިރު ބިސްމި ކިޔެވިދާނެއެވެ. ނުވަތަ ވުޟޫކުރަން ފަށާއިރު ހިތަށް ބިސްމި ގެނެވިދާނެއެވެ. މިއީ ހަމައެކަނި ފާޚާނާގެ ހުކުމެވެ. ނަމަވެސް ވަޅުކޮޓަރިއާއި ގިފިލިފަދަ ތަންތާނގައި ދުޢާކިއުމަކުން މައްސަލައެއް ނެތެވެ.  

ފާޚާނާގައި ކަމުގައި ވިއަސް އަދި ފާޚާނާއިން ބޭރުގައި ކަމުގައި ވިއަސް ވުޟޫގައި ކިޔަން އޮންނަ ޛިކުރުތަކަކީ ހަރުއަޑުން ކިޔަން އޮންނަ ތަންތަނެއްނޫނެވެ. ބިސްމިއާއި ވުޟޫ ދުޢާފަދަ ހުރިހާ ޛިކުރެއް ކިޔުން ސުއްނަތް ވެގެންވަނީ ސިއްރުންނެވެ. 

ނިޔަތަކީ ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ފަރުޟެކެވެ. ބައެއްބޭކަލުންގެ އަރިހުގައި ޝަރުޠެކެވެ. ވުޟޫކަމުގައި ވިއަސް ނުވަތަ ނަމާދުކަމުގައި ވިއަސްމެއެވެ. އެހެން ކަމުން ނިޔަތް ފަރުޟަކަށް ވެފައި އެއީ ހިތުން ގަންނަންޖެހޭ އެއްޗެކަށް ވާއިރު އެނިޔަތް ގަންނަން ފަރުޟުވާނީ ފުރަތަމަ ފަރުޟާއެކުގައެވެ. 

ވުޟޫގައި ނަމަ އެއީ މޫނު ދޮވުމެވެ. އެހެންކަމުން މޫނު ދޮންނަން ފެށުމާ އެކުއެކީގައި، ތިމަންނަ ޙަދަސްއެރަގަންނަމޭ (ވުޟޫކުރަމެވެ) ހިތަށް އަރުވަންޖެހޭނެއެވެ. ނަމަވެސް މޫނު ދޮވުމުގެ ކުރީން ވެސް ވުޟޫގެ ސުއްނަތްތަކެއް އެކުލެވޭތީ އެސުއްނަތްތަކާއެކު ނިޔަތްގަތްކަމުގައި ވިއަސް ނިޔަތް ފުދުނީއެވެ. މޮޅުގޮތަކީ ވެސް މިއީއެވެ. ކުރީގައި ބަޔާންވެދިޔައީ ފަރުޟު ގޮތެވެ. ކޮންމެހެން ކުރަން މަޖްބޫރުވާގޮތެވެ. والله أعلم

- އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް