އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމެރިކާ އާ ގުޅުން ބަދަހިކުރުމަކީ ފަލަސްޠީނު ރައްޔިތުން ޝަހީދުކުރަން ހިތްވަރުދިނުން! ޖަހާނެ ބަޑިއަށް ވަޒަން ލައްވައިދިނުން!

އެމެރިކާ އާ ގުޅުން ބަދަހިކުރުމަކީ ފަލަސްޠީނު ރައްޔިތުން ޝަހީދުކުރަން ހިތްވަރުދިނުން! ޖަހާނެ ބަޑިއަށް ވަޒަން ލައްވައިދިނުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ރާއްޖެއިން މިބުނަނީ އިޒްރޭލް ބަލައި ނުގަންނާނެ ކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރުމާއި ދެކޮޅުކަމަށެވެ. މިފަދައިން ބުނަމުން އަމަލުން ކުރާކަމަކީ އެމެރިކާ އާއިއެކު ގުޅުން ބަދަހިކޮށް އެމެރިކާއަށް އަޅުވެތިވުމެވެ.

ދެން ބަލައިލަންވީ އެމެރިކާއަކީ ކޮބައިތޯއެވެ؟

1 އެމެރިކާއަކީ ފަލަސްޠީނުރައްޔިތުން ޝަހީދުކުރަން ޔަހޫދީން ޖަހާ ބަޑީގެ ވަޒަނެވެ. އަޅާބޮމުގެ އެކްސްޕްލޯސިވްއެވެ. ހިންގާ ޖރީމާތައް ހިންގަން މަދަދުދޭ ފަރާތެވެ.

2 ޔަހޫދީން ބޭނުންހައި ގޮތަކަށް ކަންކަންކޮށް ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް ގެދޮރުން ނެރެ ގެދޮރު ތަޅައި ސުންނާފަތިކުރަންވާގިދޭ މަދަދުވެރިޔާއެވެ.

3 ފަލަސްޠީނުގެ އެތައް ހާސްކުޑަކުދިންނާ ރައްޔިތުން ރަހީނުކޮށް ޔަހޫދީ ޖަލުތަކުގައި ބައިތިއްބަން ވާގިވެރިވާ ބަރެވެ!

4 ޔަހޫދީންކުރާ ކުރާ ހުރިހާ ނުބައި އަމަލުތަކެއް ފޮރުވައި، ދިފާޢުކޮށްދޭ އައްޑަނައެވެ.

މިފަދަ ނުބައި ނުލަފާ ޖައްބާރު މަކަރުވެރި އެމެރިކާ އާއި ގުޅުން އުފައްދައި އެއީ މުސްލިމުންނަށް ހެޔޮ އެދޭ ބައެއްކަން ދައްކަމުން ސަރުކާރުން މިކުޅޭ މުނާފިޤް ދައުރާއިމެދު ހޭލުންތެރިވާން މިވަނީ ޖެހިފައެވެ. އިޒްރޭލާއި ގުޅުން ނުއުފައްދާނެ ކަމަށް ބުނެފައި އިޒްރޭލަށް ވާގިވެރިވާ ޖައްބާރުންނާ ގުޅުން ބަދަހިކުރީމާ މިއީ މުނާފިޤް ކަމުގެ ލާމަސީލު ނަމޫނާ ނޫންތޯއެވެ!

ފުރަތަމަ އަންނާނީ އެމެރިކާ އެމްބަސީއެވެ. ފަހަތުން އަންނާނީ ބޭރުތުގައި ހިންގިފަދަ ޔުނިވަރސިޓީއެވެ! ހުރިހިތާމައެއްގެ ބޮޑުކަމާއެވެ! އޮތީ އަތް އުފުލައި ދުޢާކުރުމެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް