އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މާލެ ސިޓީ ގޯތިހޯދުމަށް ހިންގާ ވަތަނީ ޙަރަަކާތުގެ ވަފުދާ ބައްދަލު ކުރައްވައިފި.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މާލެ ސިޓީ ގޯތިހޯދުމަށް ހިންގާ ވަތަނީ ޙަރަަކާތުގެ ވަފުދާ ބައްދަލު ކުރައްވައިފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 37 ސިކުންތު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މާލެ ސިޓީ ގޯތިހޯދުމަށް ހިންގާ ވަތަނީ ޙަރަކާތުގެ ވަފުދާ ބައްދަލު ކުރައްވައިފިއެވެ. އިއްޔެ ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގަ ޙަރަކާތުގެ 6 މެމްބަރުންގެ ވަފުދާ ރަޢީސް ޞާލިހް، ޕްލޭނިންގް މިނިސްޓަރ މުޙައްމަދު އަސްލަމް، ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ ޒާހިރު ގެ އިތުރުން ރަޢީސް އޮފީހުގެ އިތުރު ބޭފުޅުން ބައިވެރިވެ ލެއްވި އެވެ.

1ގަޑި އިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގަ މާލެ ސިޓީ ރައްޔިތުންނަށް ދިމާވެފަވާ ގޯތީގެ ދަތިކަން ޙައްލު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުންް ލިޔެކިއުމުން ހުށައެޅި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު. ޙަރަކާތުން މިހާރުވެސް ބޭނުންވަނީ މާލޭ ރައްޔިތުންގެ ގޯތި މައްސަލަ އަށް، މާލެ ސިޓީ ގޯތި ޙައްޤު 40،000  ފަރުދުންނާ އަދި މި ސިޓީގެ އަންނަން އޮތް ޖީލް އަށް ކުރިއަށް އޮތް 70 - 100 އަހަރުގެ ދާއިމީ ޙައްލެއް ހޯދުމަށް ހުށައަޅާފަ އޮތް އެޙަރަކާތުގެ ޑްރާފްޓް ޕްލޭން ތަންފީޒް ކޮށްދެއްވުކަމުގަ ރަޢީސް އަށް ދެންނެވި. މި ޕްލޭން ގަ ގުޅިފަޅު 12،000 ގޯތި ، ފުށިދިއްގަރުފަޅު 42،000 ގޯތި (ހިއްކާބިމުގެ %50 ) އިން ގޯތި ދޫކުރަން ހަމަޖެއްސުން ހުށައަޅާފަވެއެވެ.

އަދި އުތުރު ތިލަފަޅަށް ކުނިއެންދުން ބަދަލުކޮށް އެތަން މުސްތަޤްބަލްގެ ޖީލަށް ތައްޔާރު ކޮށްދެއްވުމަށް އެދިފަވެއެެވެ. މިނިސްޓަރ އަސްލަމް ގެ ވާހަކަފުޅުގަ ގުޅިފަޅު ޕޯޓް އެޅުން ނޫންގޮތެއް ނެތް ކަމަށް ވިދާޅުވުމުން ޙަރަކާތުން ތިލަފުށީގަ މިހާރު ސަރުކާރުން 2 ތަން (ގުޅިފަޅު، ތިލަފުށި) އެއްކޮށްލައިގެން ހަދާފަ އޮތް މާސްޓަރ ޕްލޭން އަށް ވުރެ ފުރިހަމަކޮށް ތިލަފުށީގަ ޕޯރޓް ފަރުމާ ކުރެވޭނެ ޕްލޭން ހުށައަޅާ އެ ދިރާސާ ކުރުމަށް އެދުނެވެ. އަދި މިހާރު އޮތް ޕްލޭންގަ ފާހަގަކުރެވޭ ބައެން "ނޭއްގާނި" ކަންކަން ފާހަގަކޮށް ދެފަރާތުން ވާހަކަ ބަދަލު ކުރެވުނެވެ.

މީގެ އިތުރުން މާލެ ސިޓީ ގެ ރައްޔިތުން ދިރިއުޅެން އޮތް "ބިންތައް" ނޫންތަނެއް ސަރުކާރުން ޕްރޮޖެކްޓް ތަަކަށް ހޯދުމަށާ މާލޭ ރައްޔިތުންނަށް އެހެން ގޮތެއް ނުދައްކާ ހިޖުރަކުރަން މަޖުބޫރު ކުރުވުމީ އިންސާނީ ކަރާމަތަށް އަރައިގަތުންކަމުގަ ބައިވެރިން ރަޢީސް އަށް ދެންނެވިއެވެ. ބައްދަލުވުމުގަ ހުށައެޅުނު ހުށައެޅުން ތައް ދިރާސާ ކުރަށްވާ ވަރަށް އަވަހަށް އިތުރު ބައްދަލުވުންތައް ބާއްވާ މައްސަލަ އަށް ޙައްލު ހޯދޭތޯ ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަށް ޙަރަކާތުގެ ބައިވެރިންނަށް ރަޢީސް ދެއްވިއެވެ.

ރައީސް ޞާލިހުއާއިއެކު ބޭއްވުނީ ވަރަށް އުއްމީދީ ބައްދަލުވުމެއް. މިބައްލުވުމުން ރައީސް ޞާލިހުގެ ފަރާތްޕުޅުން މިކަމުގައިި ކުރިއަށް ދެވޭނެކަމުގެ ޔަގީންކަމެއް މިހާރު ޙަރަކާތަށް ލިބިފައިވެ. ހުށައެޅުންތައް ކައިރިން ބައްލަވާނެކަމަށް ރައީސް ޞާލިހު ވިދާޅުވި. މާލޭ ރައްޔިތުންގެ ވޯޓް އެމް.ޑީ.ޕީ އަށް ލިބޭނީ ވެފައިވާ ވައުދާއި އެއްގޮތަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމުން ކަމަށް ހަރަކާތުގެ ފަރާތުން ރަޢީސް ޞާލިޙް އަށް ރަސްމީކޮށް ދެންނެވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް