އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔަޤީންކަމާއިއެކު ދުޢާކުރަން ޔޫނުސްގެފާނާ އައްޔޫބްގެފާނު ދުޢާކުރެއްވެވި މަގު އިޚްތިޔާރުކޮށް ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ޔަޤީންކަމާއިއެކު ދުޢާކުރަން ޔޫނުސްގެފާނާ އައްޔޫބްގެފާނު ދުޢާކުރެއްވެވި މަގު އިޚްތިޔާރުކޮށް ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ޔޫނުސްގެފާނު ފަދަ ބޭކަލުން ދުޢާކުރެއްވެވިފަދައިން ދުޢާ ކުރާށެވެ!  

"އިނބަ ރަސްކަލާނގެ މެނުވީ އިލާހަކު ނެތެވެ. އިނބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއިއެވެ. ހަމަކަށަވަރުން އަނިޔާވެރިންގެތެރެއިން މިއަޅާވީމެވެ." (އަލްއަންބިޔާ: 87)

މިދުޢާކުރެއްވެވުމުން ޔޫނުސްގެފާނުގެ ދުޢާ ޢިޖާބްކުރެއްވެވިކަން ޖެހިގެން އޮތް އާޔަތުން އެނގިގެންދެއެވެ. 

އައްޔޫބެގެފާނު ދުޢާކުރެއްވެވީ މިފަދައިންނެވެ. 

"ހަމަކަށަވަރުން މިއަޅާއަށް ދަތިކަމާއި އުނދަގޫޖެހިއްޖެއެވެ. އަދި އިނބަރަސްކަލާނގެއީ، ރަޙްމަތް ލައްވަވާ، އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ" (އަލްއަންބިޔާ: 83) 

އައްޔޫބްގެފާނު މިފަދައިން ދުޢާކުރެއްވެވުމުން ހަަމވަގުތުް ދުޢާ ޢިޖާބަކުރެއްވެވިކަން ޖެހިގެން އޮތް ޢާޔަތުން އެނގިގެންދެއެވެ. 

މިފަދައިން ދުޢާކުރުމުން އެމީހަކަށް ﷲ ތަޢާލާ މަގު ތަނަވަސްކޮށް ދެއްވަވާނެއެވެ. އެކަމުގެ ޔަޤީންކަން ދެއްވަވާފައިވަނީ ﷲ ތަޢާލާ އެވެ. ކީރިތި ޤުރްއާނުގައެވެ. 

މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކުރުމެވެ. ﷲ ތާޢާލާ ވަޙީ ކުރައްވަވާފައިވަނީ ތިއަބައިމީހުން ހައްދަވައި ގެންގުޅުއްވަވާ އިލާހް ވޮޑިގެންވާކަން ޤަބޫލުކޮށް، އެއިލާހުގެ ޙަޟްރަތުގައި ދުޢާ ކުރުމަށެވެ. 

ދުޢާ ކުރުމުން އެމީހަކާއި ﷲ ތައާލާ ކުއްތަންވެވޮޑިގެންވާ މިންވަރު ނިކަން ވިސްނައިބަލާށެވެ. ވަޙީ ކުރައްވަވާފައި މިވަނީ ދުޢާ ކުރާ މީހާގެ އަޑު ތިމަން ﷲ އައްސަވައިވޮޑިގެންވާ ކަމަށެވެ. އިޖާބަ ކުރައްވަވާނެ ކަމަށެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް