އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެސިޓީ ރައްޔިތުންނަށް ގޯތި ނުދޭގޮތަށް ނިންމުމުން ޙައްޤުތައް ޢިއާދަ ކޮށްދިނުމަށް ވަތަނީ ހަރަކާތުން އެމްޑީޕީއަށް މުހުލަތު ދީފި!

މާލެސިޓީ ރައްޔިތުންނަށް ގޯތި ނުދޭގޮތަށް ނިންމުމުން ޙައްޤުތައް ޢިއާދަ ކޮށްދިނުމަށް ވަތަނީ ހަރަކާތުން އެމްޑީޕީއަށް މުހުލަތު ދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 7 ސިކުންތު

މާލެސިޓީ ރައްޔިތުންނަށް ގޯތި ދެވެން އޮތް ގުޅިފަޅު، ހުޅުމާލެ އިން އެމް.ޑީ.ޕީ އެޖެންޑާ19، މަޖްލިސް19 ގަ ވަޢުދުވީގޮތަށް ގޯތި ނުދޭގޮތަށް ނިންމުމުން މާލެސިޓީ ރައްޔިތުންގެ ޙައްޤުތައް ޢިއާދަ ކޮށްދިނުމަށް އެދި ޢަމަލު ކުރާނެގޮތް ކަނޑައެޅުމަށް މާލޭގެ ރަށްވެހިންނަށް ގޯތި ހޯދުމަށް ހިންގާ ވަތަނީ ހަރަކާތުން އެމް.ޑީ.ޕީ އަށް މުހުލަތު ދީފިއެވެ. 

މިޙަރަކާތު
ގެ 25އަށްވުރެ ގިނަމީހުން ސޮއިކޮށް އެމް.ޑީ.ޕީ އަށް ފޮނުވި ތަފްޞީލީ ސިޓީގަ އެމް.ޑީ.ޕީގެ 2 ވެރިކަމުގަ މާލެސިޓީއާމެދު ކަންކޮށްފައޮތްގޮތް ހެއްކާއެކު ބަޔާންކޮށްފަ ވެއެވެ. މިގޮތުން ހުޅުމާލެ އިން ގޯތި ނުދެވޭގޮތަށް ހަދާ ރައީސް ނަޝީދު ގެ ޤަރާރަކުން އެޗް.ޑީ.ސީ އުފައްދާ ހުޅުމާލެ، ފަރުކޮޅުފުށި ބިމާ ފަޅު އެޗް.ޑީ.ސީގެ މިލްކަކަށް ހެދި "އޮޅުވާލުމާ ރޭވުން" ސާބިތުވާ ހުޅުމާލެ ރަޖިސްޓްރީ ގެ ޝަރުޢީ ލިޔުމުގެ ކޮޕީ އަކާއެކު ހާމަކޮށްފަވެއެވެ.



ހުޅުމާލެ އެއްކޮށް ހިއްކާ ބިމުގެ %40 އިން  10400 ގޯތި މާލެސިޓީ ގެ ރައްޔިތުންނަށް ދޫކުރެވެން އޮއްވާ ހަމައެކަނި 178 ގޯތި ލާޖައްސާ ދޫކޮށް މާލެ ރައްޔިތުންނަށް މިތަނުން ގޯތި ނުލިބޭގޮތް ހެދީ ސީދާ ރައީސް ނަޝީދު އެޗް.ޑީ.ސީ އުފައްދަވާ ހުޅުމާލެ އެޗް.ޑީ.ސީގެ މިލްކަކަށް ހެއްދެވި ނިންމެވުމުގެ ޝަރުޢީ ނަތީޖާ އިންނެވެ. މިއީ މާލެސިޓީ ރައްޔިތުންނަށް ގޯތި ދެވެން އޮތް ފުރަތަމަ ފަޅު "ހުޅުމާލެ" އެމް.ޑީ.ޕީ އިން މާލެ ސިޓީ ރައްޔިތުންގެ ކިބައިން ނިގުޅައިގަތް ގޮތް ކަމަށް ބަޔާންކޮށް ތަފްޞީލް ދީފަވެއެވެ. 

އަދި އެމް.ޑީ.ޕީ ގެ ދެވަނަ ވެރިކަމުގަ މާލެ ރައްޔިތުންނަށް އެއްފަސްކޮށް ގޯތި ދެވެންއޮތް ބާކީ ފަޅު (ގުޅިފަޅު) މާލެ ޕޯރޓް ހެދުމުގެ ނަމުގަ ނަގާ ތިލަފުއްޓާއެކު މާލެ އިންޓަނޭޝަނަލް ޕޯރޓް އަށް ހަމަޖެއްސި ގޮތުގެ ތަފްޞީލް ދީފަވެއެވެ. 


"ފުރަތަމަ ސަރުކާރުގަ ހުޅުމާލެ އެޗް.ޑީ.ސީ އަށް "ވިއްކާލާފަ" ދެވަނަ އެމް.ޑީ.ޕީ "ކޯލިޝަން" ސަރުކާރުގަ މާލެ ސަރަހައްދުން ގޯތި ދެވެން އޮތް ގުޅިފަޅު 2010 ގެ ރައީސް ނަޝީދު އަމިއްލަފުޅު ޤަރާރަށް އިޙްތިރާމް ނުކުރަން ނިންމާ (2019 ފެބްރުއަރީ ގަ ތިލަފުށީގަ މާލެ ޕޯރޓް އަޅަން ކޮންސަލްޓަންސީ އަށް ޢިއުލާން ކޮށްފަ އޮވެމެ) 2019ގެ ޖުލައި/އޯގަސްޓް ހިސާބުގަ ގުޅިފަޅުވެސް މާލެ ޕޯރޓް ތެރެއަށް ލާން އެމް.ޑީ.ޕީ އާ ޕްލޭނިންގް މިނިސްޓަރ މުޙައްމަދު އަސްލަމް، ނިންމަވާ ފީސިބިލިޓީ ހަދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީ އަށް ލިޔުމުން ހުށައެޅި.  އެދިފަވާގޮތަށް އިކޮނޮމިމް މިނިސްޓަރ ފައްޔާޒް އިސްމާއީލް ގުޅިފަޅު ޑްރާފްޓް ޕްރޮޕޯސަލް ތައްޔާރުކޮށް އޭގެ ކޮންސަލްޓަންސީ ބަޔަކަށް ދީގެން ހަދުވާފަ ޕްލޭނިންގް މިނިސްޓަރ ރައީސް އޮފީހުގަ އޮންނަ އެމް.ޑީ.ޕީ އިކޮނޮމިކް ކައުންސިލް އިން މި ޑްރާފްޓް ޕްރޮޕޯސަލް ފާސްކޮށް، ރައީސްނަޝީދު ގެ ރިޔާސަތުގަ މަޖްލިސް ގެ އެމް.ޑީ.ޕީ ހުރިހާމެމްބަރުންގެ އަޣުލަބިއްޔަތުން މަޖަލިސްއިންގެ ކޮމިޓީއިން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ އަށް ފޮނުވާ އެމަނިކުފާނު ލައްވާ ޕޯރޓް ހެދުމުގެ މަޝްރޫއު އިއުލާން ކުރިކުރުމެވެ." ވަތަނީ ހަރަކާތުންބުނެފައިވެއެވެ.



ސިޓީގަ ބަޔާންކުރާ ގޮތުން އެމް.ޑީ.ޕީގެ ދެ ދައުރުގެ ނިންމުންތަކުގެ ޝަރުޢީ ނަތީޖާއަކީ މާލެސިޓީގެ ގެ ގޯތި ޙައްޤު 40،000 +/- ފަރުދުންނަށް އެހެން ގޮތެއް ނުދައްކާ މަގުމަތިކުރުމެވެ.

ސިޓީ ނިންމާލަމުން އެމް.ޑީ.ޕީ އަށް މުހުލަތުދީ ޙަރަކާތުގެ ފަރާތުން ކަންކުރާނެ ގޮތް ބަޔާން ކޮށްފަ ވެއެވެ:-

"މި ޙަރަކާތުގެ ފަރާތުން އެމް.ޑީ.ޕީ އިން މިދެންނެވުނު ޙައްޤުތައް އިއާދަ ކުރުމަށް ޖެނުއަރީ 2021 ގެ ނިޔަލަށް ފުރުޞަތު ދެމެވެ. މިހިސާބަށް އެމް.ޑީ.ޕީ އިން އިޖާބަނުދީ،  މާލެސިޓީ ރައްޔިތުންގެ މައްޗަށް އެމް.ޑީ.ޕީ އިން ތަންފީޒް ކޮށްފަވާ އަނިޔާ ހުއްޓާލާ އެކަަން ބަދަލުކޮށް ގުޅިފަޅު، ހުޅުމާލެ، ފުށިދިއްގަރުފަޅު (މިފަޅުތަކުން) ގޯތި ހައްޤު ހުރިހާ ފަރުދުންނަށް ގޯތިދޭން ކަނޑަ ނާޅައިފިނަމަ މާލެ ސިޓީ ރައްޔިތުން އެމް.ޑީ.ޕީ ނޫން ގޮތެއް ހޯދުމަށް އެހެން ފަރާތްތަކާ އެކު އިއްތިހާދުވެ ސިޔާސީ މަސްރަހުން އެމް.ޑީ.ޕީގެ މިއަނިޔާ ފުހެލާ މާލެރައްޔިތުންގެ ގޯތި ކަށަވަރު ކުރަން މާލެސިޓީ ރައްޔިތުންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ ދަންނަވަމެވެ.

މި ސިޓީ އަކީ ރަޢީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަށް ކޮޕީ ކުރެވިފަވާ ސިޓީއެކެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ