އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިން ކަންބޮޑުވާންވީ ދަރިންނަށް ދަރިން ލިބޭ އުމުރާއިމެދަކު ނޫނެވެ! މަސައްކަތްކުރަންވީ ޒަވާޖީ ޙަޔާތް ކާމިޔާބުކޮށްދޭށެވެ!

މައިންބަފައިން ކަންބޮޑުވާންވީ ދަރިންނަށް ދަރިން ލިބޭ އުމުރާއިމެދަކު ނޫނެވެ! މަސައްކަތްކުރަންވީ ޒަވާޖީ ޙަޔާތް ކާމިޔާބުކޮށްދޭށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

އަހަރެންގެ ދެވަނަ ފިރިހެންދަރިފުޅު ކައިވެނިކުރީ އުމުރުން 18 އަހަރުގައެވެ. ކައިވެނީގެ 2 ވަނަ އަހަރު، އޭނާގެ އުމުރުން 20 އަހަރުގައި އަހަރެން ސިއްސުވައިލިއެވެ. އެއީ ދަރިއަކު ލިބެން އުޅޭ ވާހަކަބުނުމުންނެވެ. 

ކޮންމެއަކަސް ލިބެން އުޅޭކަމަށް ބުނި ދަރިފުޅަކީ އަހަރެންގެ ފުރަތަމަ މާމަ ދަރިފުޅެވެ. އަހަރެންގެ އުމުރަކީ 38 އަހަރެވެ. އުފާވެރިކަންވެސް ލިބުނެވެ. ނަމަވެސް އިންތިހާއަށް ކަންބޮޑުވިއެވެ. އެއީ ދަރިފުޅުގެ އެހައި ހަގު ުމުރުގައި ދަރިއަކު ލިބޭތީއެވެ. ދެމަފިރިންގެ ގުޅުން ދެމިއޮވެދާނެކަމަށް ޝައްކުކުރެވޭތީއެވެ. އެހައި ހަގު އުމުރުގައި ކުދިން ލިބުމުން ދެމަފިރިންގެ މެދުގައި އޮންނަ ގުޅުމަށް ހުރަސްތަކެއް ކުރިމަތިވެދާނެތީއެވެ. 

ކޮންމެއަކަސް އަހަރެން ވިސްނައިލީމެވެ. "އަހަރެންވެސް ކައިވެނިކުރީ އުމުރުން އެންމެ ސޯޅައަހަރުގައެވެ. ފުރަތަމަ ދަރިފުޅުލިބުނީ 18 އަހަރު ނުފުރެނީހެވެ. ދެމަފިރިން މިހާރުވެސް މިއުޅެނީ ވަރަށް ލޯބިންނެވެ. ވީމާ ޅައުމުރުގައި ދަރިން ލިބުމަކީ ލޯބިން ދިރިއުޅުމަށް އޮތް ހުރަހަކަށްވެގެން ނުވާނެއެވެ. އެދެކުދިންގެ ކައިވެންޏަށްވެސްވެސް 2 އަހަރުވީއެވެ. ތިބޭނީ އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަސްވެފައެވެ. އެއުޅެނީ ވަރަށް ލޯބިންނެވެ. ވީމާ އޮތީ މުސްތަޤްބަލް އުޖާލާކޮށްދެއްވެވުން އެދި ވަކީލްކުރުމާ ދުޢާކުރުމެވެ." 

މިފަދަ ޚިޔާލުތައް ކުރެވުނެވެ. ލިބެން އުޅޭ ދަރިފުޅަށް މަރުޙަބާކިޔަން ތައްޔާރުވީމެވެ. އަދި އަހަރެމެންގެ ފެންވަރުން ކުރެވެންހުރި ހުރިހާ ކަންކަން ކުރީމެވެ. 

މިހާރު ކުއްޖާގެ އުމުރުން 5 އަހަރެވެ. އެހެންދަރިންނަށްވެސް ދަރިން ލިބި ގޭގައި 4 މާމަދަރިން އެބަތިއްބެވެ. ގެއަށް މިވަނީ ވަރަށް ބޮޑު ދިރުމެއް ލިބިފައެވެ. 

މާމަ، ކާފައިންނަށް އަހަރެންގެ މެސެޖަކީ ދަރިންނަށް ދަރިން ލިބޭ އުމުރާއިމެދު ކަންބޮޑުނުވާށެވެ. ކަންބޮޑުވާންވީ ޒަވާޖީ ހަޔާތުގައި ދަރިން އުޅެމުންދާ ގޮތާއިމެދުގައެވެ. ދެމަފިރިން ގުޅިގެން ލޯބިން ދިރިއުޅެމުން ގެންދާނަމަ އެނިމުނީއެވެ. މާމަ އާއި ކާފަ ވާންވީ ދަރިން ކުދިން ހޯދަންޖެހޭ އުމުރު ކަނދައަޅާބައަކަށް ނޫނެވެ. ވާންވީ ދަރިންގެ ޒަވާޖީ ޙަޔާތް އުފާވެރިކޮށްދޭން މަސައްކަތްކުރާ ބައަކަށެވެ. އެކަމަށް އެހީތެރިވާ ބައަކަށެވެ. އެކަމަށް އެދި ދުޢާކުރާ ބައަކަށެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް