އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑު އެކުލަވައިލައްވައިފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑު އެކުލަވައިލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑު އެކުލަވައިލައްވައިފިއެވެ. އެ ބޯޑު އެކުލަވައިލައްވާފައި ވަނީ 2021 ޖަނަވަރީ 19 ވަނަ ދުވަހުއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑަކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، މީދޫ ޞިއްޙީ މަރުކަޒާއި، މަރަދޫ ޞިއްޙީ މަރުކަޒާއި، ފޭދޫ ޞިއްޙީ މަރުކަޒާއި، ހުޅުދޫ ޞިއްޙީ މަރުކަޒު ހިންގުމުގެ ކަންކަން ބެލެހެއްޓުމަށް އުފައްދަވާފައިވާ ބޯޑެކެވެ. މި ބޯޑު އެކުލަވައިލައްވާފައި ވަނީ ތިރީގައި މި ދަންނަވާ ބޭފުޅުންގެ މައްޗަށެވެ:

1. އަޙްމަދު ޒާހިރު (މާހީ، ސ. ހިތަދޫ)
2. ޑޮކްޓަރ މުޙައްމަދު ޞާލިޙް (ކުއްޅަވައްގެ، ސ. ހުޅުދޫ)
3. ޑޮކްޓަރ ޢަލީ ނަޡީމް (މއ. އެލީޒިއަމް)
4. އާމިނަތު ޝާއިނާ ޢަބްދުﷲ (ގ. ޕޫލްކިނާރާ)
5. އާމިނަތު މުޙައްމަދުދީދީ (ބަންޑާރަދަޑިގެ، ސ. މީދޫ)
6. ޒާހިދާ އިބްރާހީމް (ޢަސްރުމާގެ، މާދަޑު، ޏ. ފުވައްމުލައް)
7. ޢަބްދުﷲ ޞާދިޤު (ކައުސަރު، ސ. ހިތަދޫ)

މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ އަޙްމަދު ޒާހިރެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
100%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް