އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިއުޒިލެންޑްގެ ކޮލިޓީ ރަނގަޅު މަޖަން ބްރޭންޑުގެ ހިކިކިރު ރެޑްވޭވް އިން ތައާރަފުކޮށްފި

ނިއުޒިލެންޑްގެ ކޮލިޓީ ރަނގަޅު މަޖަން ބްރޭންޑުގެ ހިކިކިރު ރެޑްވޭވް އިން ތައާރަފުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ނިއުޒިލެންޑްގެ ކޮލިޓީ ރަނގަޅު ހިކިކިރެއް ރެޑްވޭވް އިން ތައާރަފުކޮށްފިއެވެ. ރެޑްވޭވް އިން ބާޒާރަށް ތައާރަފްކޮށްފައިވަނީ މަޖަން ބްރޭންޑުގެ ހިކިކިރެވެ.

މަޖަން އަކީ މެދު އިރުމައްޗާއި، އެފްރިކާ އަދި މިނޫންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮލިޓީ ރަނގަޅު ހިކިކުރު ފޯރުކޮށްދިނުމުގެ ތަޖުރިބާކާރު ކުންފުންޏެކެވެ. މިކުންފުނީގެ ނަމުން ނަންދެވިފައިވާ މަޖަން ހިކިކިރަކީ ވިޓަމިން އޭ އަދި ޑީ ހިމެނޭގޮތަށް ފައްކާކުރެވިފައިވާ ހިކިކިރެކެވެ.  

މީގެ އިތުރުން ނައިޓްރޯޖަން ފްލަޝް ޕެކިންއެއް ރައްކާކުރެވި މިހިކިކިރު ބަންދު ކުރެވިފައިވަނީ އޭގެ އަސްލަށް އަދި ރަހައަށް ބަދަލު އައުމެއް ނެތި ދިގު މުއްދަތެއްގައި ހުންނާނެފަދަ ގޮތަކަށެވެ. އަދި މީގެ އިތުރުންވެސް މި ކިރު އުފެއްދުމުގައި ބޭނުން ކޮށްފައިވާ ސްޕްރޭ ޕްރޮސެސްގެ ސަބަބުން ފިނި އަދި ހޫނު ފެނުގައި، އަދި ކޮފީއާއި ސަޔާއި އެކު ފަސޭހަކަމާއި އެކު ގިރާލެވެއެވެ.  

އަދި މީގެ އިތުރުންވެސް މަޖަންކިރަކީ އޭގެ ފައިދާ ލިބިދިނުމަށް ހެނދުނުގެ ނާސްތާ ސީރިއަލް އަށާއި، ކެއްކުމަށާއި، ބޭކްކުރުމަށާއި، ފޮނިކާތަކެތި ތައްޔާރުކޮށްލުމަށްވެސް މިހާރު ގެ މާރކެޓުގައި ހުރި އެންމެ އެކަށޭނަ އެއް ހިކިކިރެވެ.  

ރެޑްވޭވްއިން މައުލޫމާތުދެއްވި ގޮތުގައި އެކުންފުނިން ހިކިކިރެއް ތައާރަފްކުރަން ނިންމާފައިވަނީ ބާޒަރުގައި ހިކި ކިރުގެ އަގު އިންތިހާއަށް އުފުލުމާއިއެކުގައެވެ. އެގޮތުން މިވަގުތަކީ ރައްޔިތުންގެ އަތްމަތިދަތި ވަގުތަކަށްވުމާއި އެކު، އަމިއްލަ ހިކިކިރެއް ގެނެސް ރައްޔިތުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައެވެ.

މަޖަން ހިކިކިރު މިހާރު މާރކެޓުގައި ހުރި ހިކިކިރަށްވުރެ %20  އާއި %30 ދެމެދު އަގުހެޔޮ ވާނޭކަމުގައި ރެޑްވޭވްއިން މައުލޫމާތު ދެއްވައެވެ. މަޖަން ހިކިކިރު ރެޑްވޭވްގެ ހޯލްސޭލް ސެންޓަރުންނާއި މާލެ އަދި ހުޅުމާލޭގައިވާ ރެޑްވޭވްގެ ފިހާރަތަކުންނެވެ. އިތުރު މައުލޫމާތު 9194499 މިނަންބަރުން ލިބިވަޑައިގަންނަވާނެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު