އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކަންކަމުގަ ހިފަހައްޓައިފިނަމަ އެއްވެސް މީހަކަށް ތިބާގެ ދިރިއުޅުމަށް އަތްނުބޭނޭނެ 3 ކަންތައް!

އެކަންކަމުގަ ހިފަހައްޓައިފިނަމަ އެއްވެސް މީހަކަށް ތިބާގެ ދިރިއުޅުމަށް އަތްނުބޭނޭނެ 3 ކަންތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ދިރިއުޅުމުގައި ބައްދަލުވާ ކޮންމެ މީހެއްގެ ކިބައިން ހިތްހަމަޖެހުމާއި އުފާވެރިކަން އަދި އެހީތެރިކަން ލިބޭނެ ކަމަށް ނުދެކޭށެވެ! އެކަންކަން އެކިމީހުންގެ ކިބައިގައި ހުންނާނީ އެކިވަރަށެވެ. 

އެކުވެރިއެއްގެ ކިބައިން ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވިނަމަވެސް އޭނާއަށް ދެރަބަހެއް ނުބުނާށެވެ! އިތުރަށް ސަމާލުކަންދޭށެވެ! 

އެންމެ މުހިންމުކަމަކީ އެހެން މީހަކަށް ތިބާގެ ދިރިއުޅުމަށް ގެއްލުމެއް ނުދެވޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމެވެ. އެކަމަށް ކުރަން އޮތް އެންމެ މުހިންމުކަމަކީ އެހެން މީހަކަށް ދިރިއުޅުމަށް އަތް ނުބޭނޭނެ ގޮތަށް ކަންކަން ކުރުމެވެ. 

މިބަހުގެ މާނައަކީ ޙަޔާތުގެ ހުރިހާ ކަންކަން އެއްވެސް މީހަކާއި ހިއްޞާނުކުރުމެވެ. އަދި އެކުވެރިންގެ ގާތު ކަންކަމުކިޔާ މީހަކަށް ނުވުމެވެ. މިދެ ކަންތަކަކީ ތިބާގެ ދިރިއުޅުމަށް އަތްބާނަން އެހެން މީހުންނަށް އެންމެ ބޮޑަށް ފުރުޞަތުލިބިގެންދާ ދެކަންތަކެވެ. 

މީގެ އިތުރުން 3 ވަނަކަމެއްގެ ގޮތުން ތިމާއަށް ކުރެވިފައި ހުރި، އަދި ކުރެވޭ ކުށްތަކުގެ ވާހަކަ އެއްވެސް މީހަކާއި ހިއްޞާ ނުކުރާށެވެ! ފާފަފުއްސަވައިދެއްވެވުން އޮތީ ﷲ ތަޢާލާއަށެވެ. ކުރެވޭ ފާފަތައް ބަޔާންކޮށް ފާފަތައް ފުއްސަވައިދެއްވެވުން އެދިދަންނަވަންވީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް