އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ ރަސްމީކޮށް ރައީސް ޞާލިޙް ހުޅުވައިދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ ރަސްމީކޮށް ރައީސް ޞާލިޙް ހުޅުވައިދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާގެ ކެޓަލޮގާއި ޑިޖިޓަލް އަރުޝީފު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ. އެ މަނިކުފާނު މިއަދު ވަނީ، ރައްޔިތުންގެ މަޖިލީސް 2021 ވަނަ އަހަރަށް ހުޅުވައިދެއްވުމުގެ ގޮތުން، އެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއާއި އަރުޝީފު ޤާއިމުކޮށްފައި ވަނީ މަޖިލިސްކުރާ ގޭގެ ދެކުނު ފަރާތުގައި އަލަށް ޢިމާރާތްކޮށްފައިވާ 13 ފަންގިފިލާގެ އިދާރީ ޢިމާރާތުގައެވެ. ކުތުބުޚާނާއާއި އަރުޝީފު ހުޅުވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ތަންތަން ހުޅުވުނު ތާރީޚް ލިޔެފައިވާ ލިޔުންކޮޅު ހިމެނޭ ޚާއްޞަ ސްޓޭންޑް ވެސް އިފުތިތާޙްކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއާއި އަރުޝީފުގައި ގާތްގަޑަކަށް 6,680 އަށްވުރެ ގިނަ ލިޔުން، 1,529 ވީޑިއޯ، 2,133 ފޮތް އަދި 10,000 އަށްވުރެ ގިނަ ފޮޓޯ ރައްކާކުރެވިފައިވެއެވެ. މި ދެ ތަނުގެ ބޭނުމަކީ، ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާއާ ގުޅުންހުރި ދުވަސްވީ ލިޔެކިޔުންތަކާއި، އޯޑިއޯ، ފޮޓޯ އަދި ވީޑިއޯ ރައްކާތެރިކޮށް ބެލެހެއްޓުމާއި އަދި އެ ތަކެތި ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މިއަދު