އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޢުލޫމާތު ޙިއްޞާ ކުރުމުގައި ފަސްނުޖެހުމަށް މަރު ކޮމިޝަނުން އެދިއްޖެ!

މަޢުލޫމާތު ޙިއްޞާ ކުރުމުގައި ފަސްނުޖެހުމަށް މަރު ކޮމިޝަނުން އެދިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

މަޢުލޫމާތު ޙިއްޞާ ކުރުމުގައި ފަސްނުޖެހުމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަނުން އެދިއްޖެއެވެ. 

މަރު ކޮމިޝަނުން މިކަމަށް އެދިފައިވަނީ ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ނޫސްވެރިންނާ ޙިއްޞާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ކޮމިޝަނުން މަޢުލޫމާތު ދެއްވާފައި ވަނީ، އެ ކޮމިޝަންގެ މެންބަރު މިޞްބާޙް ޢައްބާސްއެވެ.

މިޞްބާޙް އިތުރަށް ވަނީ، މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން އެ ކޮމިޝަނުން ޢާންމުކޮށްފައިވާ ތޫނު ހަތިޔާރެއްގެ ފޮޓޯއާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އަދި، އެ ހަތިޔާރާ ގުޅޭގޮތުން ޝަރީޢަތަށް ސާބިތުކުރެވޭ ފަދަ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް 500,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާކަން، އިއްޔެ އެ ކޮމިޝަނުން ޢާންމުކުރި ނޫސް ބަޔާނާ ހަވާލާދީ، އެ ބޭފުޅާ ފާހަގަކުރެއްވިއެވެ. އަދި، މި މައްސަލައާ ގުޅޭ މަޢުލޫމާތު އިނގޭ އިތުރު ބަޔަކު ވާނެކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭ ކަމަށާއި، އެ ފަރާތްތަކުން ކޮމިޝަނަށް މަޢުލޫމާތު ޙިއްޞާ ކުރުމުގައި ފަސްނުޖެހުމަށް މިޞްބާޙް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މަޢުލޫމާތު ޙިއްޞާކޮށްފައި ވަނީ، އަޙްމަދު ރިޟުވާން ޢަބްދުﷲ ގެއްލުވައިލާފައިވާ މައްސަލައިގެ ތަޙްޤީޤާ ގުޅޭގޮތުންނެވެ. މި ގޮތުން، މިޞްބާޙް ވިދާޅުވީ، އަޙްމަދު ރިޟުވާން ޢަބްދުﷲގެ މައްސަލައަކީ، އެ ކޮމިޝަނުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީގެން މިހާރު ތަހުޤީޤު ކުރަމުންދާ އެއް މައްސަލަ ކަމުގައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ