އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔަމަހު ރާއްޖެއަށް އެތެރެ ކުރެވުނު މުދަލުގެ އަގު ދަށްވެއްޖެ!

މިދިޔަމަހު ރާއްޖެއަށް އެތެރެ ކުރެވުނު މުދަލުގެ އަގު ދަށްވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

ފާއިތުވި ޖަނަވަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 24 އިންސައްތަ ވަނީ ދަށްވެފައެވެ. 

މިކަމާއި ގުޅިގެން ކަސްޓަމްސް އިން ބުނެފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު މި ޢަދަދުވަނީ 2.9 ބިލިއަން ރުފިޔާ އަށް ދަށްވެފައިކަމަށެވެ. އަދި ފާއިތުވި ޖަނަވަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 12 އިންސައްތަ ވަނީ ދަށްވެފައިވާއިރު 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު 272 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މި އަހަރުގެ ޖަނަވަރީ މަހު މި ޢަދަދުވަނީ 240 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޫ.އޭ.އީ، ޗައިނާ އަދި އޮމާނެވެ. ޔޫ.އޭ.އީ އިން 386 މިލިއަން މުދާ އެތެރެކޮށްފަިވާއިރު ޗައިނާ އިން 365 މިލިއަން ރުފިޔާގެ މުދާ އަދި އޮމާނުން 364 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.  

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ