އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފެންނަނީ އަނެއްކާވެސް ކޮވިޑް އިތުރުވަމުންދާތަނެވެ! ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގަންނަން މަސައްކަތްކުރުން ނޫން ގޮތެއް ނެތެވެ!

މިފެންނަނީ އަނެއްކާވެސް ކޮވިޑް އިތުރުވަމުންދާތަނެވެ! ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގަންނަން މަސައްކަތްކުރުން ނޫން ގޮތެއް ނެތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

3 ވަނަ ރާޅާއިއެކު 200 ވެސް ފަނަނައަޅައި ދިއައެވެ. 100 އަށްދަށްވެސް ވިއެވެ. ނަމަވެސް މިއަދާއި ހަމައަށް އަނެއްކާވެސް މިފެންނަނީ އެއް ދުވަހަށްވުރެ އަނެއް ދުވަހު ބަލިޖެހޭ މީހުންގެ އަދަދު ގިނަވަމުންދާތަނެވެ. 

ޢިލްމުވެރިން ބަޔާންކުރައްވަނީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ތައުބާވެ އަސްތަޣްފާރުކުރުން ގިނަކުރުމަށެވެ. އަޅުކަންކުރުން ގިނަކުރުމަށެވެ. މިޙާލަތުން މިންޖުކުރައްވަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރުމަށެވެ. 

ކޮރޯނާ ޖެހެމުންދަނީ ވަކިޙާލަތެއްގައި ތިބި ބައަކަށްނޫނެވެ. ހަމަ ކޮންމެ މީހަކަށްވެސް ދަނީ ޖެހެމުންނެވެ. 

ގެއެއްގައި އެނދުމަތިވެފައި އޮތް ބަލި މީހަކަށް ގޮވާލަން މީހަކަށް ދެވުނުއިރު އޭނާއަށް ވަނީ ކޮރޯނާ ޖެހިފައެވެ. އެއިރު އޭނާއަކަށް އެކަމެއް ނޭނގެއެވެ. އެކުގައި ވާހަކަދައްކަން ތިބީ އެނދުމަތިވެފައިވާ ބަލިމީހާ އާއި އެތެރެހަށީގެ އެތައް ބައްޔަކަށް ބޭސްކުރަމުންދާ މީހަކާއި 30 ވަރަކަށް އަހަރުގެ ދުޅަހެޔޮ ޒުވާނެކެވެ. ކޮރޯނާ ވާރުތަކުރީ ޒުވާނާއަށެވެ. ﷲ ތަޢާލާގެ ވާގިފުޅުން އަނެއް ދެމީހުންނަކަށް ނުޖެހެއެވެ. 

މިފަދަ ކަންކަމުން އެނގިގެންދަނީ ޞިއްޙަތު ރަނގަޅު ޒުވާނަކަށްވުމަކީ ބަލިޖެހުމަށް އޮތް ހުރަހެއް ނޫންކަމެވެ. ޢުމުރުން ދުވަސްވީނަމަވެސް ބަލިޙާލުގައި އުޅުނު ނަމަވެސް ﷲ ތަޢާލާ ސަލާމަތްކުރައްވަވަން އިރާދައިގައި ހުރި މީހަކު ސަލާމަތްކުރައްވަވާނެ ކަމެވެ. އެންމެންނަށްވެސް އޮތީ ރައްކައުތެރިވެގެން އުޅުންކަމެވެ. ޢިލްމްވެރިން ބަޔާން ކުރައްވާ މަގުން ޢަމަލުކުރުން ކަމެވެ. 

ބައެއް ޒުވާނުން ޞިއްޙީ މާހިރުން ދެއްވާ އިރުޝާދުތަކަށް ނުބަލައި މަގުމަތީގައާއި ރެސްޓޯރަންޓްތަކުގައާއި އެނޫންވެސް ތަންތަނުގައި އުޅޭގޮތުން ޒުވާނަކަށްވުމުން ބަލި ނުޖެހޭނެ ކަމަށް ޤަބޫލުކުރެވޭ ފަދައެވެ. ވީމާ މިއަދުގެ ޙާލަތުގައި ރައްކައުތެރިކަމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ކިތަންމެހައިވެސް ބޮޑެވެ. 

މިފުރުޞަތުގައިވެސް ފަތިސްނަމާދު ޖަމާޢަތުގައިކޮށް ﷲ ތަޢާލާގެ ޒިންމާފުޅުގެ ދަށުގައި، ﷲ ތަޢާލާގެ ރައްކައުތެރިކަމުގެ ދަށުގައި ދުވަސް ހޭދަކުރުމުގެ މުހިންމުކަން ފާހަގަކުރަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް