އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަޤީރުންގެ ދަފްތަރު އެކުލަވާލުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ބައެއް ކައުންސިލްތަކާއި ބައްދަލު ކުރައްވައިފި

ފަޤީރުންގެ ދަފްތަރު އެކުލަވާލުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ބައެއް ކައުންސިލްތަކާއި ބައްދަލު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

2021 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ބައެއް ރަށު ކައުންސިލްތަކުގެ ރައީސުންނާއި މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައިފިއެވެ. 

ދެ ގަޑިއަކަށް ބަހާލައިގެން ބޭއްވުނު މި ބައްދަލުވުންތައް ބާއްވާފައިވަނީ 18 ފެބްރުއަރީ 2021 ވީ ބުރާސްފަތި ދުވަހުގެ ހެދުނުއެވެ. މިގޮތުން އޮންލައިންކޮށް ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއާ އާއެކު ބޭއްވުނު ބައްދަލުވުމުގައި އައްޑު ސިޓީގެ މޭޔަރާއި ފުވައްމުލަކު ސިޓީގެ ޑެޕިޔުޓީ މޭޔަރ ބައިވެރިވެވަޑައިގެންފައި ވާއިރު، އެ ދެ ކައުންސިލުގެ ޓީމެއް މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޑރ.އަޙްމަދު ޒާހިރު ޢަލީ އާއި، މިނިސްޓަރ އޮފް ސްޓޭޓް އައްޝައިޚް އިލްޔާސް ޖަމާލު ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ، މި ދުވަސްވަރަކީ ކޯވިޑްގެ ސަބަބުން ސަބަބުން މި ދެ ސިޓީ މޮނިޓަރިންގެ ޙާލަތުގައި އޮތް ދުވަސްވަރަކަށް ވުމާއެކު ފަޤީރުންގެ ދަފްތަރު އެކުލަވާލުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދުގައެވެ. އެހެންކަމުން، މިކަންކަން ހައްލުކުރާނެ ގޮތްތަކާއި، މި ޙާލަތުގައި ވެސް ކައުންސިލުތަކުން ރައްޔިތުންނަށް އެއްބާރުލުންދީ، މިކަމުގައި ކައުންސިލުތަކުން އަދާކުރަންޖެހޭ ދައުރުގެ މުހިންމުކަން ފާހަގަކޮށް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މިނިސްޓްރީން ހިއްސާކުރާ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށް ދިނުމަށާއި،  މިހާރަށްވުރެވެސް ކައިރިން މިނިސްޓްރީއާއި ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރުމުން ދިމާވާ ދަތިތައް ހައްލުކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން މި ފަހަރު ފޯމަށް ގެނެވިފައިވާ މުހިއްމު ބަދަލުތަކާބެހޭ ގޮތުން ވެސް މިނިސްޓަރ ގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ޒަކާތްނެގުމާއި ބެހުމުގެ މަސައްކަތަކީ ދީނީ މުހިއްމު ޝިޢާރެއްކަން ފާހަގަކޮށް މި މަސައްކަތުގައި ކައުންސިލްތަކާއި މިނިސްޓްރީ ގުޅިގެން މަސައްކަތްކުރުމާއި، ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރުމުގެ މުހިއްމުކަން މިނިސްޓްރ އޮފް ސްޓޭޓްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ވޭތުވެދިޔަ އަހަރުތަކުގައި ދަފްތަރު އެކުލަވާލުމުގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތައް ހިއްސާކުރައްވަމުން، މޮނީޓަރިންގެ ހާލަތުގައި ދެ ސިޓީ އޮތް ނަމަވެސް މި އަހަރު ދަފްތަރު އެކުލަވާލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އައްޑޫ ސިޓީގެ މޭޔަރުގެ އިތުރުން ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރ ވަނީ ދެއްވާފައެވެ.  

މި ބައްދަލުވުމުގެ އިތުރުން، ރާއްޖޭގެ ހުރިހާ އަތޮޅުގެ ރަށު ކައުންސިލުންގެ ރައީސުންނާއި އެކުވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައިގައިވެސް މަޝްވަރާކުރެވުނީ ވޭތުވެދިޔަ އަހަރުތަކުގައި ދަފްތަރު އެކުލަވާލުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، ކުރިމަގުގައި ކަންކަން އިޞްލާޙުކުރުމަސް ކުރަންޖެހޭ މަސައްކަތްތަކާއި، ފޯމު ފުރުމުގައި އާންމު ފަރާތްތަކަށް ދިމާވާ ދަތިތަކާމެދުގައެވެ. މި ބައްދަލުވުން 04 ދުވަހަށް ދެމިގެން ދިޔައިރު ކުރިޔަށް އޮތްތަނުގައި މިނިސްޓްރީއާއި ކައުންސިލުތަކާ އޮންނަ ގުޅުން ހަރުދަނާވެ ކަންކަން ފަސޭހަވެގެންދާނެކަމާއި އޭގެ ނަތީޖާވެސް ރަނގަޅުވެގެންދާނެކަން ގިނަ ކައުންސިލްތަކުން ފާހަގަކުރައްވާފައިވެއެވެ. 

• ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ބަލައިގަންނާނީ 21 ފެބްރުއަރީ 2021 ން 21 މާރިޗް 2021 އަށް.

• މާލެ ސިޓީގައި ފޯމު ބަލައިގަންނާނީ[email protected]  އިން.

• ރަށްރަށުގައި ފޯމު ބަލައިގަންނާނީ އެރަށެއްގެ ރަށު/ސިޓީ ކައުންސިލުން.

- ޚަބަރު: އިސްލާމިކް މިނިސްޓްރީ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު