އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑޮކްޓަރުންގެ ނަމުގައި އުޅޭ ﷲ ގެ ޢަދާވާތެރިން ނެރުވާ ޝައިޠޯނީ އަމުރުތައް ބަލައިގަނެވެން ނެތީ ދެކޮޅު ނުޖެހޭ ތަނުގަ މެދުވެސް ނުޖެހޭތީ!

ޑޮކްޓަރުންގެ ނަމުގައި އުޅޭ ﷲ ގެ ޢަދާވާތެރިން ނެރުވާ ޝައިޠޯނީ އަމުރުތައް ބަލައިގަނެވެން ނެތީ ދެކޮޅު ނުޖެހޭ ތަނުގަ މެދުވެސް ނުޖެހޭތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

އެޗްޕީއޭގައި ޑޮކްޓަރުން ކަމަށް ކިޔައިގެން މިއުޅޭ އިސްލާމް ދީނުގެ ޢަދުއްވުންނަށް، އަދި ޢަދުއްވުންގެ އަޅުންނަށް ހަމައެކަނި މިސްކިތްތައް ފެނިފައި މަގުމަތި ނުފެންނާތީ މަގުމަތިވެސް ފެންނާނެ އައިނެއް ހައްދައިދޭނެ ފަރާތަކަށް ވަނީ އިންތިހާއަށް ބޭނުންވެފައެވެ. 

ޚަބަރުގައި އެވާ ފޮޓޯގައި އަދި ތަންކޮޅެއް މީހުންމަދެވެ. ފުނިފުންޏަށް ތިއްބައި ފޮޓޯނަގަން އުޅޭކަން އެނގުމުން ދުރަށް ޖެހޭތީއެވެ. މާލޭގެ މަގުތައް ފުރިފައިވަނީ މިފަދަ ފުނިތަކުންނެވެ. ފުނިފންޏަށް ތިބޭ މީހުންތަކުންނެވެ. މިއއިން އެއްވެސް ތަނެއް އެޗްޕީއޭގައި ތިބި މަގުމަތި ފެނުމުން މަޙްރޫމްވެފައިވާ ޑޮކްޓަރުންނަކަށް ނުފެނެއެވެ. ފެންނަނީ ހަމައެކަނި މިސްކިތުގެ ޖަމާޢަތެވެ! 

މަގުމަތިފުރެންދެން ފުނިޖެހިފައެވެ. ބޭނުންހައި ކައިރިމިނެއްގައި ކިތަންމެ ގިނައިރެއްވަންދެންވެސް ތިބެވެއެވެ. އެއީ ކޮރޯނާ ފެތުރެން މެދުވެރިވާ ސަބަބެއް ކަމަކަށް ނުވެއެވެ. ސަބަބެއްނަމަ ހޯމް މިނިސްތްރީ އާއި ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވީހެވެ. މިސްކިތުގައި ސުންނަތާއި އެއގޮތަށް ނަމާދުކުރަން 6 މިނިޓް ހޭދަކޮށްލުން މަނާކުރިފަދައިންނެވެ. 

ބައެއް ބޭފުޅުން ޙަރަމްފުޅާއި އެހެން ބައެއް ޤައުމުތަކުން މިސާލު ނަންގަވައިގެން ރައްޔިތުންނަށް އޮޅުވައިލަން ވަރަށް ގިނަ ސުޕްތައް ކައްކަމުން ގެންދާތީ އެބޭފުޅުންނާއި 2 3، ކޮށްލާނަމެވެ. 

1- "އެޤައުމުތަކުގައިވެސް ހަމައެކަނި ހުރަސް އަޅަނީ މިސްކިތުގެ ނަމާދަށްތޯއެވެ؟ މަގުމަތީގައި ފެންނަހައި މީހުން ބައްދައި އޮޅުލައި ދޮންނަގައި ގާތްގާތުގައި ވަގުތު ހޭދަކުރުން ހަމަ ހުއްދަތޯއެވެ؟" 

2- ގައިދުރުކުރުމަކީ ޚާއްޞަ ޙާލަތާއި ގުޅުވައިގެން ކުރަން ޖެހޭ ކަމެއްކަމަށް ވިދާޅުނުވަނީ ކޮން ޢިލްމުވެރިއެއްތޯއެވެ؟

3- ރާއްޖޭގައި ޚާއްޞަ ޙާލަތު އޮތީ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދުކުރާ މީސްކޮޅަށް ކަމަށް ކަނޑައަޅަނީ ކޮންގޮތަކަށްތޯއެވެ؟ މަގުމައްޗާ ރެސްޓޯރަންޓްތަކުގައި ތަތްތެޅުވެން ފުރުޞަތުދީފައި މިއޮތީ ރާއްޖޭގައި އޮތް ޙާއްޞަ ޙާލަތު ހަމަބޮޑުކަމުންތޯއެވެ؟  

4- އެޗްޕީއޭއިން އަންގާ ގޮތަށް ނަމާދުކުރަން ގަންނާނެ ނިޔަތެއް ނުއެނގިގެން ގިނަބައަކު މިއުޅެނީ އެހެންވެގެންނެވެ. މިސްކިތްތައް ނޫން ހުރިހާ ތަންތަން ކޮރޯނާ ފްރީ ކަމަށްވެފައި ހަމައެކަނި މިސްކިތްތަކަށް ކޮރޯނާ ވަދެގަނެގެން އުޅޭކަން ދައްކުވަން އުޅޭތީއެވެ. 

5- ކޮރޯނާ އެންމެ ބޮޑަށް ނުފެތުރެނީ މިސްކިތްތަކުންކަމަށް ހަމަ އެޗްޕީއޭގެ ޑޮކްޓަރުން އަޅުގަނޑު ގާތު ވަނީ ވިދާޅުވެފައެވެ. ނަމާދެއް 5 ، 6 މިނިޓުން ނިމޭއިރު އެއީ ކޮންޓެކްޓް ވެދާނެ ވަގުތަށްވުރެ މާމަދު ވަގުތުކޮޅެއްކަން އެނގެނީ ޑރ. ނަޒްލާ ދެއްވި މައުލޫމާތުންނެވެ. 

6- މިހާލަތުގައި އެޗްޕީއޭގެ ޑޮކްޓަރުން މެދުވެރިކޮށްގެން އެމީހުންގެ ހިތުގައި އިސްލާމް ދީނާއިމެދު އޮތް ހަސަދަވެރިކަން ފިލުވައިލަން ލިބުނު ފުރުޞަތަކަށް ހަދައިގެން މިސްކިތްތަކުގެ ޖަމާޢަތްތަކަށް ކުރަމުން ގެންދާ އަނިޔާއަށް ކޮންމެ މުސްލިމަކުވެސް ދެކޮޅު ހައްދަވާށެވެ! އަޅުގަނޑުމެންގެ ހަތިޔާރަކީ ދުޢާއެވެ. މިޤައުމުގައި ތިބި ﷲ ތަޢާލާގެ ހުރިހާ ޢަދުއްވުންގެ ކިބައިން ސަލާމަތްކުރެއްވެވުންއެދިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް