އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުންނަތް ނަމާދުކުރަން ޖެއްސުންކޮށްފި! ސުންނަތް ނަމާދުކުރަން ޖެއްސުން ކުރުމަކީވެސް ވަރަށް ބޮޑު ފިތުނައެއް ނޫންތޯ؟

ސުންނަތް ނަމާދުކުރަން ޖެއްސުންކޮށްފި! ސުންނަތް ނަމާދުކުރަން ޖެއްސުން ކުރުމަކީވެސް ވަރަށް ބޮޑު ފިތުނައެއް ނޫންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ހުކުރު ދުވަހު މެންދުރުވަގުތުވުމުން ބަންގި ގޮވުމުން ކުރާނެ ސުންނަތް ނަމާދެއް ނެތް ނަމަވެސް އާދަކާދައިގެތެރެއިން ނަމަވެސް ގިނަ ބައަކު އެވަގުތު ސުންނަތް ނަމާދުކުރެއެވެ. އެއްބައަކު 2 ރަކްޢަތްކުރާއިރު އަނެއް ބައަކު 4 ރަކްޢަތް ކުރެއެވެ. 

އެމީހުން އެކަން ކުރަނީ އެމީހުންނަކީ މެންދުރު ނަމާދުގެ އިހުސުންނަތްކުރަން އާދަވެައިތިބިބައަކަށްވާތީ އެވަގުތު ސުންނަތް ނަމާދެއް ކުރުމުގެ ގޮތުންނެވެ. އެއީ ރަނގަޅުކަމެއްތޯ ނުވަތަ ނޫންތޯ ބަހުސްކުރާކަށް ނެތީމެވެ. މިބަޔާންކުރީ އެކަން ރާއްޖޭގައި ކުރަމުން އަންނަ ކަމެވެ. 

މިއަދު ހުކުރު މިސްކިތުގައި މެންދުރު ވަގުތުވުމުން ބަންގިގޮވިއެވެ. ބަންގިގޮވުމާއިއެކު ގިނަ ބައަކު ސުންނަތްކުރަން ތެދުވިއެވެ. ތެދުވިއިރަށް އެގޮވާގޮވެލިފަތި ގޮވަންފެށިއެވެ. ދެބަހުން ތަކުރާރުކޮށް ގޮވެލިފަތި ގޮއްވައި ނިންމީ އެވަގުތު މީހުންގެ ނަމާދު ނިންމިފަހުންނެވެ. އަޑުބާރުކަމުން ނަމާދުކުރަން އުނދަގޫނުވާ ހަމައެކަކުވެސް ހުންނާނެ ކަމަކަށް ނުބެލެވެއެވެ. 

އެގަޑީގައި ކިތަންމެ ބާރަށް ކިތަންމެ ގިނަ ފަހަރަކު މިސްކިތުގައި ގޮވެލިފަތި ޖެހިނަމަވެސް ކުރާނީ ކޮން ފައިދާއެއްތޯއެވެ؟ މީހުން ހުކުރަށް ގޮސް ތިބޭނީ ވުޟޫކުރިތަނަކުން ވުޟޫކޮށްގެންނެވެ. މުސައްލަ ގެންދަން ބޭނުން މުސައްލަ ހިފައިގެންނެވެ. އެގޮވެލިފަތި އަޑުއިވުމުން ފައިބައިގެން ހަމައެކަކު ވެސް މުސައްލަ ބަލައެއް ނުދާނެއެވެ. އަދި އެއީ އެންމެން ހިތުދަސް ގޮވެލި ފަތްޗެކެވެ. ވީމާ ސުންނަތްކުރަން އުނދަގޫކުރުމުގެ އެއްވެސް ބޭނުމެއް ނުވިސްނެއެވެ. 

ކޮރޯނާ ހުއްޓުވުމުގެ ނަމުގައި މިހިންގާ ޙަރަކާތްތަކަކީ އަޅުކަންކުރަން ހުރަސްއަޅަން ހިންގާ ޙަރަކާތްތަކެއް ކަމަށް ގިނަބައަކު ބުނަމުން އެގެންދަނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ. މިފަދަ އެތައް ކަންތައްތަކެއް ތަކުރާރުކޮށް ކޮންމެ ދުވަހަކު ފެންނަމުންދާތީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް