އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮކާކޯލާ ލޯންގ ރަން ގެ ކައުންޓް ޑައުން ރަސްމީކޮށް ފަށައިފި

ކޮކާކޯލާ ލޯންގ ރަން ގެ ކައުންޓް ޑައުން ރަސްމީކޮށް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮކާކޯލާ ލޯންގ ރަން ގެ ކައުންޓް ޑައުން ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ޓީއެފްޖީން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ރޭސްމިއަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އިރު، މިއަހަރުގެ ދުވުމުގެ ކައުންޓް ޑައުން ރަސްމީކޮށް ލޯންޗުކުރީ އެކަމަށްޓަކައި ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިއަހަރުގެ ދުވުންވެސް ހުޅުމާލޭގައި ބާއްވާ އިރު، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި ފަހަރުގެ ދުވުމުގެވެސް މެއިންސްޕޮންސަރއަކީ ކޮކާކޯލާއެވެ. އެކުންފުނިން 2013 ވަނަ އަހަރުން ފެށިގެން މި ރޭހަށް އެހީތެރިވަމުންއަންނަ އިރު،މިއަހަރުގެ އިންޝުއަރެންސް ޕާރޓްނަރއަކަށް އެލައިޑްއިންޝުއަރެންސް ވަނީ ހަމަޖައްސާފައެވެ.

އަދި އެމްޓީސީ އާއި އެޗްޑީސީ އާއި އެސްޓީއޯގެއެހީތެރިކަމާއެކު ދުވުން ބާއްވާ އިރު، ޕްރިންޓް ޕާޓްނަރަކަށްޕްރިންޓް ލެބް، އެޓަޔަރ ޕާޓްނަރަކަށް ސޮނީ ސްޕޯޓްސް، މީޑިއާ ޕާޓްނަރއަކީ"މިހާރު" އޮންލައިން އެވެ. މީގެ އިތުރުން ފަސްޓް އެއިޑް ޕާޓްނަރއަކަށް ރެޑްކްރެސެންޓް މޯލްޑިވްސް،ހޮޓެލް ޕާޓްނަރއަކަށް ސަމަސެޓް ހޮޓެލް، ފޮޓޯގްރަފީ ޕާޓްނަރއަކަށް ކޭއެޗްފޮޓޯގްރަފީ އަދި އެންޓެޓެއިނިންގ ޕާޓްނަރއަކީ ޑީޖޭ ޢުމަރެވެ.

މިފަދަ އެހެން އިވެންޓުތަކާއި ތަފާތު ގޮތަކަށް ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި މި ދުވުމަށް އެހީތެރިވެދޭ ފަރާތްތަކާއި ދުވުމުގައި ޢަމަލީގޮތުން ބައިވެރިވާ ގިނަ ދުވުންތެރިން ބައިވެރިވިއެވެ.

މިއަހަރުގެ ދުވުމުގައިވެސް އޮންނާނީ ފުލް މެރަތަން (42 ކިލޯމީޓަރ / މާލެވަށާ 8 ބުރު) އާއި ހާފު މެރަތަން (21 ކިލޯމީޓަރ / މާލެވަށާ 4 ބުރު) އާއި 10 ކިލޯމީޓަރ (މާލެވަށާ 2 ބުރު) އަދި 5 ކިލޯމީޓަރ (މާލެވަށާ 1 ބުރު) އެވެ.
ފުލް މެރަތަން ފަށާނީ ދަންވަރު 03:20 ގައެވެ. ހާފު މެރަތަން ހެނދުނު 06:20ގައި ފަށާއިރު، 10 ކިލޯމީޓަރ ފެށުމަށް ހަމަޖެހިފައިވަނީ 07:20 ގައެވެ. އަދި 5 ކިލޯމީޓަރ ދުވުން ފަށާނީ 08:20 ގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް