އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރުން ހުއްޓާލެވެން ނެތް ދުޢާ- އަނިޔާކުރާ އަދުއްވުން ބަލިކުރައްވައި ނިކަމެތިކުރައްވާނދޭވެ!: ޚުޠުބާ

ކުރުން ހުއްޓާލެވެން ނެތް ދުޢާ- އަނިޔާކުރާ އަދުއްވުން ބަލިކުރައްވައި ނިކަމެތިކުރައްވާނދޭވެ!: ޚުޠުބާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ އަނިޔާ ލިބެމުންދާ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ކާމިޔާބު ދެއްވައި އަނިޔާކުރާ އަދުއްވުން ބަލިކުރައްވައި ނިކަމެތިކުރެއްވެވުން އެދި ދުޢާ ކުރައްވައިފައެވެ.

މިމޭރުމުން ދުޢާ ކުރައްވާފައިވަނީ ޚުޠުބާ ޚާއްޞަ ކުރައްވާފައިވަނީ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި އެތައް މިލިއަން މުސްލިމުންނަށް ބޮޑެތި އަނިޔާތައް ކުރަމުންގެންދާތީ އެކަމަށް ޚާއްޞަކުރައްވައިގެން ކަމުގައިވާތީއެވެ.

ދުނިޔޭގެ ކަންކޮޅުތަކަށް ބަލައިފިނަމަ ގިނަ ޤައުމުތަކެއްގައި މުސްލިމުންނަށް ދަނީ އަނިޔާތައް ލިބެމުންނެވެ. މުސްލިމުންނަށް އެންމެ ބޮޑަށް އަނިޔާ ލިބެމުންދާ ގިނަ ޤައުމުތަކެއްގައި މުސްލިމުންނަށް އަނިޔާތައް ލިބެމުން ދަނީ ހަމަ މުސްލިމް ވެރިންގެ ސަބަބުންނެވެ. ވެރިކަމުގެ ދަހިވެތިކަމުގައެވެ. އިރާޤް، ލީބިޔާ، ޔަމަން، އަފްޣާނިސްތާން، ޔަމަން އަދި ސީރިޔާ ފަދަ ޤައުމުތަކަކީ މިގޮތުން އެންމެ ފާހަގަކުރެވޭ ޤައުމުތަކެވެ.

ފަލަސްޠީނުގެ ރައްޔިތުންނަކީ އެންމެ ބޮޑަށް އަނިޔާ ލިބެމުން އަންނަ އެއްބައެކެވެ. އެމީހުންނަށް އަނިޔާ ލިބެމުން އަންނަނީ ޔަހޫދީ ދައުލަތް، އިޒްރޭލާއި އެމެރިކާގެ ސަބަބުންނެވެ. މިޔަންމާގެ ރާކިން ސްޓޭޓްގައި ތިބި ރޮހިންޔާ މުސްލިމުންނަށް އަނިޔާތައް ކުރަމުން ގެންދަނީ އެޤައުމުގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކީ އެވެ. ނޯބަލް ޕްރައިޒް ނިތްކުރީގައި ހަރުކުރުވާފައި މުސްލިމުންނަށް އަނިޔާވެރިވާން ދޫކޮށްފައި ހުރި އިފުރީތެއްފަދަ ނުބައި އަންހެނާއެވެ.

ދުނިޔޭގައި ދިރިއުޅޭ މުސްލިމުންނަށް ބަލައިފިނަމަ ވަރަށް މަދު ޤައުމެއްގައި ނޫނީ އެޤައުމުތަކުގެ މުސްލިމުންނަށް ދަނީ އަނިޔާތައް ލިބެމުންނެވެ. އެކި ޤައުމުތަކުގައި އެކި ގޮތަށެވެ. އެހެންކަމުން މިދުޢާއަކީ ހަމަ ކޮންމެ ނަމާދެއްގެ ފަހުގައިވެސް ކިޔަން އޮތް އެންމެ މުހިންމު އެއް ދުޢާއެވެ. "އަނިޔާކުރާ އަދުއްވުން ބަލިކުރައްވައި ނިކަމެތިކުރއްވާނދޭވެ!" އާމީން.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް