އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕޯޗްގީޒުން އުޅުނީ ހުރިހާ ރައްޔިތުންގެ ކަރަށް ރާއަޅަން- މިހާރު އުޅެނީ ހުރިހާ ޒުވާނުންނަށް އަފިހުން ކާންދޭން- ހަސަން ރަސްގެފާނަކީ ކާކު؟: ސަމީރު

ޕޯޗްގީޒުން އުޅުނީ ހުރިހާ ރައްޔިތުންގެ ކަރަށް ރާއަޅަން- މިހާރު އުޅެނީ ހުރިހާ ޒުވާނުންނަށް އަފިހުން ކާންދޭން- ހަސަން ރަސްގެފާނަކީ ކާކު؟: ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

"ދިވެހި ތާރީޚު ބުނާގޮތުން ޕޯޗްގީޒުން އުޅުނީ ދިވެހި ރައްޔިތުންގެ ކަރަށް ގަދަކަމުން ރާއަޅަން. ރައިސް ޢަބްދުﷲ ޔާމީނުގެ ދޫފުޅުން މިއިވެނީ ހުރިހާ ޒުވާނުންނަށް އަފިހުން ކާންދޭން އުޅުއްވާކަމުގެ ވާހަކަ" ކަމަށްވާއިރު 9 ވަަނަ ހަސަން ރަސްގެފާނަކީ ކާކު ކަމާއިމެދު ޖޭޕީގެ ސެކެޓްރީ އަޙްމަދު ސަމީރު ސުވާލު އުފައްދަވައިފިއެވެ.

ސަމީރު ވިދާޅުވީ ސަލާޙުއްދީނުލްއައްޔޫބީ އާއި މަހާތަމާ ގާނދީ ނުދަންނަ މީހުން ސިޔާސީ ޕޯޑިއަމްތަކަށް އަރައި ނޫނީ ޕްރެސް ކޮންފަރެންސްތައް ބާއްވައި ވާހަކަތައް ދައްކަމުން ގެންދާއިރު މިބާވަތުގެ ކަންކަން ހިނގާނެ ކަމަށެވެ. އެފަދަ މީހުންނަށް 9 ވަނަ ހަސަން ރަސްގެފާނާއި އުތީމު މަހާރަދުން ނުވަތަ ބޮޑުތަކުރުފާނާއި އޮޅުން އެރުމަކީ ބައަކު ހައިރާންވާންޖެހޭނެ ކަމެއް ނޫން ކަމަށެވެ.

ސަމީރު ވިދާޅުވީ މާތް ﷲ ވާގިފުޅާއިއެކު ދިވެހިރައްޔިތުންނަކީ ހަމަހޭގައި ތިބި ބައެއް ކަމަށާއި ކަންކަން ހިނގަމުންދާ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. "އަމިއްލަ ރަށުގެ ރަށްކުރިއަރުވާ ކޮމިޓީއަށް ކުރިމަތިލުމުން ރައްޔިތުން ބަލައި ނުގަތް ލ. ފޮނަދޫ ޢަބްދުއްރަހީމް ޢަބްދުﷲ ފަދަ ރަށުގެ ރަށްކުރިއަރުވާ ކޮމިޓީއަށް ރައްޔިތުން ނުހޮވި މީހުން، ރައީސް މައުމޫން ރައްޔިތުންނަށް އާދޭސް ކުރައްވައިގެން މަޤާމުތަކަށް ހޮވީމާ އަދި އެފަދަ ޤައުމުގެ ސިޔާސީ އިސް ސަފުން ޖާގަ ލިބުނީމާ މިފަދަ ކަންކަން މެދުވެރިވާނެ."

ސަމީރު ވިދާޅުވީ މީހަކަށް އެއް އިނގިލި ދިއްކުރަން މަސައްކަތްކުރާއިރު ތިމާ އާއި ދިމާއަށް ކިތައް އިނގިލި އަމާޒުވެފައިވާކަން ނުއެނގުމަކީ އިންސާނީ ޠަބީޢަތް ކަމަށާއި އެފަދަ މީހުން ރައްޔިތުންގެ ކުރިމައްޗަށް ނެރުވައިގެން ވާހަކަ ދެއްކުވީމާ ނުދައްކަން ފޮރުވާފައި ހުންނަ ވާހަކަތައް މީހުން ދައްކާނެ ކަމަށާއި އެއީ ވެސް ހަަމަ އިންސާނީ ޠަބީޢަތް ކަމަށެވެ.

"މޮޔައެއްގެ އަތަށް ކަނޑިއެއް ދިނީމާ ފުރަތަމަ ކަތިލާނީ ކަނޑިދިން މީހާ ކަމަށް މުސްކުޅިން ބުނެ އުޅެނީ މިފަދަ ސަބަބުތައް ހުރުމުން. މިފަދަ ކަންކަން ހިނގާފައި ހުރުމުން." ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ސަމީރު މިމޭރުމުން ވިދާޅުވީ ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރަށް ނިޞްބަތްކޮށް ޤާސިމް އިބްރާހީމް އަކީ 9 ވަނަ ހަސަން ރަސްގެފާނުގެ ގޮތުގައި ސިފަކުރެއްވުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް