އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުށްކޮށްގެން ތިބި މީހުން ހައްޔަރުކޮށް ތަޙްޤީޤް ފެށީމާ ހުރިހާ ކަމެއް އަމާންވާނެ - ވަގައް ނެގި ފައިސާތައް އަތުލީމާ ޤައުމު މުއްސަނދިވާނެ: ސަމީރު

ކުށްކޮށްގެން ތިބި މީހުން ހައްޔަރުކޮށް ތަޙްޤީޤް ފެށީމާ ހުރިހާ ކަމެއް އަމާންވާނެ - ވަގައް ނެގި ފައިސާތައް އަތުލީމާ ޤައުމު މުއްސަނދިވާނެ: ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ފުލުހުންގެ ވާޖިބު އަދާކޮށް ކުށްކޮށްގެން ތިބި މީހުން ހައްޔަރުކޮށް އެމީހުންގެ މައްސަލަތައް ތަޙްޤީޤްކުރަން ފެށީމާ ހުރިހާ ކަމެއް އަމާންވާނެ ކަމަށާއި ދައުލަތުގެ ފައިސާއިން ވަގަށް ނަގާފައިވާ ފައިސާތައް އެކަން ކުރި މީހުންގެ އަތުން އަތުލީމައި ޤައުމު މުއްސަނދިވާނެ ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ ފުލުހުން ބޭނުންނަމަ މިއީ ވަރަށް ފަސޭހަކަާއިއެކު ފުލުހުންނަށް ކުރެވިދާނެ ކަންކަން ކަމަށެވެ. "އެމީހުން އެވަނީ ވައްކަންކުރި ކަމަށް އެއްބަސްވެފަ. ވަގަށް ނަގާފައިވާ ފައިސާތައް ބޭންކުތަކުގައި އެބަހުރިކަންވެސް ވަނީ އެނގިފަ. އެހެންވީމާ ކުރަން އޮތް ކަމަކީ ފުލުހުންގެ މަސައްކަތުން އެ ފައިސާތައް ހޯދުން."

ސަމީރު ވިދާޅުވީ ފުހުން ތަޙްޤީޤް ކުރަންޖެހޭ ވަރަށް ގިނަ ވާހަކަފުޅުތައް ރައީސް ޔާމީނު ވެސް ވަނީ ދައްކަވާފައި ކަމަށާއި ޤައުމުގެ ކަންކަން ރަނގަޅުކޮށް ޤައުމުގައި އަމާންކަން ޤާއިމުކުރުމަށް ވެސް އެ މައްސަލަތައް ބަލަންޖެހޭ ކަމަށެވެ.

ސަމީރު ވިދާޅުވީ ދިވެހި ފުލުހުންގެ ވެސް 90 އިންސައްތަ ބޭކަލުން ތިއްބެވީ ކޯލިޝަނާއިއެކުގައި ކަމަށެވެ. ދާދިއަވަހަށް އެބޭކަލުންނަށް ވެސް ބާރުލިބި ޤާނޫނާއި އެއްގޮތަށް ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރަން ފެށޭނެ ކަމަށެވެ.

ސަމީރު ވިދާޅުވީ ފުލުހުންގެ ކިބައިން މިވަގުތު ބޭނުންވަނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ފަދަ ވާހަކަތައް ނޫން ކަމަށާއި ބޭނުންވަނީ ވޯޓު ފޮށިތައް ހިމާޔަތްކޮށްދޭނެ ކަމުގެ ވާހަކަތައް ކަމަށާއި އަދި ވޯޓުލުމުގެ ޙައްޤު ރައްޔިތުންނަށް، ޤާނޫނާއި އެއްގޮތަށް ކަށަވަރުކޮށްދޭނެ ކަމުގެ ވާހަކަތައް ކަމަށެވެ.

"ނަމަވެސް އަބަދުހެން ފެންނަމުން މިދަނީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓްގެ ގައިގައި އަޅައި ގަނެ ނުނެއްޓެވިގެން އުޅޭތަން." ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ސަމީރުގެ ވާހަކަފުޅު (އޯޑިއޯ):

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް