އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތަދޫ ފުލެޓްތަކަށް ކަރަންޓް ދިނުމަށް ބޭނުންވާ ކޭބަލް ގެންނަނީ

ހިތަދޫ ފުލެޓްތަކަށް ކަރަންޓް ދިނުމަށް ބޭނުންވާ ކޭބަލް ގެންނަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

އައްޑޫސިޓީ ހިތަދޫގައި ސަރުކާރުން އަޅައިފައިވާ ފުލެޓްތަކަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފެނަކަ ކޯޕަރޭޝަނުންވިދާޅުވެއްޖެއެވެ.

އެތަނުގެ މެނޭޖިންޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ އާދަމް ވިދާޅުވީ އެކަމަށް ބޭނުންވާ ކޭބަލްތައް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. ކޭބަލް ގެނައުމަށް މިހާރުވަނީ ބަޔަކާ ހަވާލުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޭބަލް ލިބުނަސް އެ ކޭބަލް އަޅައި އެ ފޯރުކޮށްދޭނީ ފުލެތް އިމާތްތައް ހިމެނޭ ސަރަހައްދާ ހަމައަށް ނުވަތަ އެތަނަ އެންމެ ކައިރީގައި ހުންނަ ޑިސްޓްރިބިޔުޝަން ފޮށްޓަކާ ހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލެޓްތަކުގެ އެތެރެއަށް ވައިރުލައި ކަރަންޓް ދިނުމަކީ އެ ކުންފުނީގެ މަސައްކަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކުންފުނިން އެކަންކުރަންޔާ ކުރާނީ ކޮންޓްރެކްޓް އުސޫލުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ފުލެޓްތައް ހިމެނޭސަރަހައްދަށް ކޭބަލްތައް ލައިދޭނީ އެކުންފުނީގެ ޚަރަދުގައި ކަމަށްވެސް ވިދާޅުވިއެވެ.

"ޔުޓިލިޓީސް ޚިދުމަތް އަޅުގަނޑުމެން ކޮށްދީފާނަން ކޮންޓްރެކްޓް އުސޫލުން އަޅުގަނޑުމެންނާ ހަވާލުކޮށްދީފިއްޔާ،" ޝަރީފް ވިދާޅުވިއެވެ.

އެކަމާބެހޭ މަޝްވަރާތައް ފެނަކައިން ގެންދަވަނީ ހައުސިން މިނިސްޓްރީއާއެކު ބާއްވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު