އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްދުންމަތީ ހިތަދޫ މިސްކިތްތަކުގެ މުއައްޒަފުންނަށް ޖުލައި މަހުގެ މުސާރަ އަދިވެސް ނުލިބޭ

ހައްދުންމަތީ ހިތަދޫ މިސްކިތްތަކުގެ މުއައްޒަފުންނަށް ޖުލައި މަހުގެ މުސާރަ އަދިވެސް ނުލިބޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ހައްދުންމަތީ ހިތަދޫ މިސްކިތްތަކުގެ މުއައްޒަފުންނަށް ޖުލައި މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މިއަދުނޫހަށް މަޢުލޫމާތުދެމުން ހިތަދޫއިން ވާހަކަދެއްކި މީހަކު ބުނީ މިއީ މީގެކުރިން ދިމާވާކަމެއް ނޫން ކަމަށެވެ. ނަމަވެސް މިފަހަރު މިކަން މި ދިމާވީ ކައުންސިލު އިދާރާގެ އިހުމާލުން ކަމަށެވެ.

"މިނިސްޓްރީން މީގެ ކުރިން މުސާރަ ޖަމާކުރަނީ އެމީހެއްގެ އެކައުންޓަށް. އެކަމަކު މިފަހަރު ޖަމާކުރީ ކައުންސިލު އިދާރާގެ އެކައުންޓަށް. އަނެއްކާ މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 30ގެ ކުރިން ކައުންސިލު އެކައުންޓަށް ޖަމާކޮށްފަ. ދެން ކައުންސިލުން ބުނީ އެމީހުންނަށް ފައިސާ ނެގޭނީ ފޮނަދޫގައި ހުންނަ ބޭންކަށް ގޮސްގެން ކަމަށް" މިއަދުނޫހާ ވާހަކަ ދެއްކިމީހާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ފޮނަދޫއަށް ދާން ދަތުރު ހަމަޖެހިފައިނުވާ ކަމަށް ކައުންސިލުން ބުނާ ކަމަށާއި މިއީ އެފަރާތްތަކާމެދު އެ ކައުންސިލުން ގަސްދުގައި އަޅާ ދަތިކުރުމުގެ ފިޔަވަޅެއް ކަމަށެވެ.

"އަހަރުމެންގެ އެބަހުރި ބައިވަރު ބިލުތައް ދައްކަން. އެކަންތައްވެސް ކުރެވެންނެތިފަ މިހާރު މިތިބީ. އަސްލު ކައުންސިލަށް އެކަން ކުރެވޭނެ. ދެން ކުރިއަށް މިއޮތީ ހުކުރުދުވަހާއި ހޮނިހިރު ދުވަސް. އެއީ ސަރުކާރު ބަންދު ދެ ދުވަސް. ދެން އާދީއްތަ ދުވަހުވެސް އެ ފައިސާ ލިބޭނީ ކައުންސިލަށް ދަތުރު ހަމަޖެހިއްޖިއްޔާތާ. ނުޖެހިއްޖިއްޔާ އަހަރުމެން ރައްޔިތުންދޯ ހަނާވާނީ" ހިތްހަމަ ނުޖެހިފައިހުރި ހިތަދޫ މީހާ ބުންޏެވެ.

މިކަމާއިގުޅިގެން ކައުންސިލުން ބުނީ އެއްވެސް ރައްޔިތަކާމެދު ދަތިކުރުމުގެ ފިޔަވަޅެއް އެ ކައުންސިލުން ނާޅާނެ ކަމަށެވެ. އަދި ދަތުރު ހަމަޖެހުނުހާ އަވަހަކަށް އެކަންތައް ކޮށްދޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް