އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްދުންމަތީ މިސްކިތްތަކުގެ މުއައްޒަފުންގެ މުސާރަ މާދަމާ ޖަމާވާނެ: ޒިންމާދާރު ވެރިޔާ

ހައްދުންމަތީ މިސްކިތްތަކުގެ މުއައްޒަފުންގެ މުސާރަ މާދަމާ ޖަމާވާނެ: ޒިންމާދާރު ވެރިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ހައްދުންމަތީ މިސްކިތްތަކުގެ މުއައްޒަފުންގެ މުސާރަ މާދަމާ ޖަމާވާނެކަމަށް ހިތަދޫ ކައުންސިލު އިދާރާގެ ޒިންމާދާރު ވެރިޔާ ޢބްދުއްރަޙީމް އިދުރީސް ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ މުއައްޒަފުންނަށް މުސާރަ ނުލިބި ލަސްވީ އެހެންފަހަރުތަކާއި ޚިލާފަށް އިސްލާމިކް މިނިސްޓްރީން މިފަހަރު މުސާރަ ޖަމާކުރީ ކައުންސިލު އިދާރާގެ އެކައުންޓަށް ކަމަށްވާތީ ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރީ ކައުންސިލުގެ މުއައްޒަފުންގެ މުސާރަނަގަން ބޭންކަށް ދިޔަފަހުން ކަމަށްވާތީ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޯވޭ، މުސާރައިގެ ކަންތަކުގެ މާބޮޑުގޮތްތަކެއް ހެދޭކަށް. އަނެއްކާ މަހަކު ކުރާ ދަތުރުގައި އެކަން ހަމަޖައްސަން ޖެހެނީ. އެހެންވެ ލަސްވީ. އެކަމަކު މާދަމާ އެކަން ހަމަޖެހި އެމީހުންނަށް (މިސްކިތްތަކުގެ މުއައްޒަފުންނަށް) މުސާރަ ޖަމާވާނެ" ޢަބްދުއްރަޙީމް އިދުރީސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެރަށު އިސްލާމިކް މިނިސްޓްރީގެ މުއައްޒަފުންގެ މުސާރަ ޝީޓް މާދަމާ ބޭންކަށް ފޮނުވުން މުސާރަ ޖަމާކޮށްދޭނެ ކަމަށެވެ. އަދި އެމީހެއްގެ އެކައުންޓަށް އެ ފައިސާ ޖަމާކުރާނެ ކަމަށެވެ.

މިއަދުނޫހަށް މަޢުލޫމާތުދެމުން ހިތަދޫއިން ވާހަކަދެއްކި މީހަކު ބުނީ މިއީ މީގެކުރިން ދިމާވާކަމެއް ނޫން ކަމަށާއި މިފަހަރު މިކަން މި ދިމާވީ ކައުންސިލު އިދާރާގެ އިހުމާލުން ކަމަށެވެ.

ނަމަވެސް ކައުންސިލު އިދާރާއިން އެކަން ދޮގުކޮށް، ބުނީ އެ ކައުންސިލުން އެއްވެސް ރައްޔިތަކާމެދު ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް