އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހ. ފަހާގޭގައި އަލިފާން ރޯވީ ކަރަންޓު ޝޯޓުވެގެން- އެމްއެންޑީއެފް

ހ. ފަހާގޭގައި އަލިފާން ރޯވީ ކަރަންޓު ޝޯޓުވެގެން- އެމްއެންޑީއެފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 35 ސިކުންތު

ހ.ފަހާގޭގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދީފިއެވެ.

މިރޭ ގާތްގަނޑަކަށް 9:00 ޖަހާކަންހާއިރު ހިނގި މިއަލިފާނުގެ ހާދިސާގައި، ރޯވެފައިވަނީ ފަހާގޭގެ ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގައެވެ. އަދި ގާތްގަނޑަކަށް 9:15 ހާއިރު އެއަލިފާންގަނޑުވަނީ ކޮންޓްރޯލް ކުރެވިފައެވެ.

އެމްއެންޑީއެފް އިން ބުނީ އެއެޕާޓްމެންޓުގައި ހުރި ތަކެތި އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި އެހެން ނަމަވެސް އެއްވެސް މީހަކަށް މިހާދިސާގައި އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

ފުލުހުން މިހާރުވެސް އެގޭގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ