އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގަދަކަމުން ފާހިޝް އަމަލު ހިންގާ މީހުންނަށް މަރުގެ އަދަބު ނުދީ މުޖުތަމަޢު ސަލާމަތެއް ނުކުރެވޭނެ: ޝައިޚް މުޙައްމަދު މަންޞޫރު

ގަދަކަމުން ފާހިޝް އަމަލު ހިންގާ މީހުންނަށް މަރުގެ އަދަބު ނުދީ މުޖުތަމަޢު ސަލާމަތެއް ނުކުރެވޭނެ: ޝައިޚް މުޙައްމަދު މަންޞޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ގަދަކަމުން (ރޭޕްކޮށްގެން، ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން) ފާހިޝް ޢަމަލު ކުރުން ހުއްޓުވޭނީ އެފަދަ އަމަލުތައް ކުރާ މީހުންނަށް މަރުގެ އަދަބު ދީގެން ކަމަށާއި އެފަދަ އަމަލުތައް ކުރާ މީހުންނަށް މަރުގެ އަދަބު ނުދީ އެފަދަ މައްސަލަތަކުން މުޖުތަމައު ސަލާމަތެއް ނުކުރެވޭނެއެވެ.

އެފަދަ އަމަލުތައް ކުރާ މީހުންނަށް ދިނުމަށް އިސްލާމް ދީނުގައި އޮތީ މަރުގެ އަދަބެވެ. އެއީ ﷲ ގެ ޙުކުމްފުޅެވެ. އެއަށްވުރެ މަތީ ނުވަތަ ރަނގަޅު ޙުކުމެއް ނުކުރެވޭނެއެވެ.

އެއްޖިންސުން ގުޅުން ހިންގައިފި ނަމަ އެކަން ކުރި ދެމީހުންނަށް ވެސް ޤަތުލުކުރުމެވެ. މިނޫން އަދަބެއް އިސްލާމީ ޝަރީޢަތަކު ނެތެވެ.

އިސްލާމީ ޝަރީއަތުގައި ޙުކުމްތައް މިފަދައި ހުރި ނަމަވެސް މިއަދު މިފެންނަނީ އެފަދަ އަމަލުތައް ކުރާމީހުން 25 އަހަރު ފަދަ ދިގު މުއްދަތުތަކަށް ޖަލުގައި ބަންދުކޮށް މީރު ކާނާ ކާންދީ ބަލަހައްޓަމުން ގެންދާ ތަނެވެ. މި ގޮތަށް މިކަންކަން ކޮށްގެން މުޖުތަމައުގައި ހުރި މިފަދަ މައްސަލަތައް ޙައްލެއް ނުކުރެވޭނެއެވެ. ޙައްލު ކުރެވޭނީ މާތް ﷲ ބާވައިލެއްވެވި ޙުކުމްފުޅުތައް ތަންފީޒު ކޮށްގެންނެވެ.

- އައްޝައިޚް މުޙައްމަދު މަންޞޫރު މިއަދުގެ ޢަޞްރުނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް