އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިހުރުވެރިން ދޫކޮށްލައިގެންނުވާނެ - އޮތީ މެރުން: ޝައިޚް މުޙައްމަދު މަންޞޫރު

ސިހުރުވެރިން ދޫކޮށްލައިގެންނުވާނެ - އޮތީ މެރުން: ޝައިޚް މުޙައްމަދު މަންޞޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ސިހުރު ހަަދާ މީހުންނާއި ސިހުރުވެރިން ދޫކޮށްލައިގެން ނުވާނެ ކަމަށާއި އޮތީ އެމީހުން މެރުން ކަމަށް އައްޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ، ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް މަންޞޫރު ވިދާޅުވީ ސިހުރުވެރިންނަށް މަރުގެ އަދަބު ދީފައި އެބަހުރިކަމަށެވެ. އެގޮތުން މަރުގެ އަދަބު ދީފައިވާ ބައެއް ހާދިސާތައްވެސް ވަނީ ބަޔާންކޮށްދެއްވަވައިފައެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ އެންމެ ނުބައިކަން ބޮޑު 7 ކަންތައް ބަޔާންކޮށްދެއްވަވައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކުރައްވަވާފައިވާ ހަދީޘްފުޅެއްގައި ،1 ޝަރީކު ކުރުން 2 ސިހުރު ހެދުން ކަމަށް އޮވެފައި ދެންހުރި ފާފަތައް އެއިގެ ފަހަތުން ބަޔާންކުރައްވަވާފައި އޮތުމުން ސިޙުރު ހެދުމުގެ ހުރި ނުބައިކަން ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ ސިހުރު ހަދާ މީހާ އެކެންކުރަނީ ވެސް މާތް ﷲ އަށް ޝަރީކުކޮށް ދީނުން ބޭރުވެ ހުރެގެން ކަމަށެވެ. އަދި ސިހުރު ޤަބޫލުކުރުމަކީވެސް ޝަރީކުކުރުން ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ ބައެއް މީހުން އެމީހުންނަށް ކުރިމަތިވެފައިވާ ކަންކަން ރަނގަޅުކުރުމުގެ ބޭނުމުގައިވެސް ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ މަގުން ރުޤްޔާ ކުރުން ނޫން އިތުރު އެއްވެސް ކަމެއް ކުރުން ހުއްދަވެގެން ނުވާ ކަމަށެވެ.

"ބަޤަރާ ސޫރަތަކީ ވަރަށް މަތިވެރި ސޫރަތެއް. ބައެއް މީހުން ބަޤަރާ ސޫރަތް ލިޔެ ތަވީދު ހަދައި ގައިގައި އަޅައިގެން އެބައުޅޭ އެއީ ހުއްދަ ކަމެއް ނޫން. ބަޤަރާ ސޫރަތް މާތްﷲ ބާވައިލެއްވެވީ ލިޔެގެން ގައިގައި އަޅައިގެން އުޅޭކަށް ނޫން. ކިޔަވަން. އިތުރު މާތް ނަބިއްޔާ އާއި ޞަހާބީން ބަޤަރާ ސޫރަތް ކިޔަވާ ވިދާޅުވީ. އިލްމުވެރިން އަންގަވަނީ ކިޔަވަން. ލިޔެ ގައިގައި އަޅައިގެން އުޅޭކަށް ނޫން."

"ބައެއް މީހުން އެބަބުނޭ ތިމަންނައަށް މިހިރީ މިވެނި މީހަކު ހެދި ސިހުރެއް ޖެހިފައޭ. އޭނާއަށްވުރެ ވަރުގަދަ، މޮޅަށް ސިހުރު ހަދާ މިވެނިމީހެއް ގާތަށް ގޮސްގެންނޭ މިކަން ދެން ރަނގަޅުވާނީ. އެއީ ވަރަށް ބޮޑު ކުށްހީއެއް. ތިބާ ސަލާމަތްކުރަން އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. ސަލާމަތްކަން ލިބޭނީ ހަމައެކަނި މާތް ﷲ ގެ ޙަޟްރަތުން. މާތް ﷲ ދެއްވެވީމަ." ކަމަށްވާއިރު ޝިރުކުކުރުމުގެ ތެރެއަށް ވެއްޓިނުގަނެ މާތް ﷲ އެންގެވި ގޮތުގައި ދެމިތިބުމަށް ޝައިޚް މަންޞޫރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް