އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިންވެސް މީހުންނަށް ފެންނަ ތަނުގަ އުޅެންވާނީ އަބުރުވެރިކަމާއއެކު: ޝައިޚް މަންޞޫރު

ދެމަފިރިންވެސް މީހުންނަށް ފެންނަ ތަނުގަ އުޅެންވާނީ އަބުރުވެރިކަމާއއެކު: ޝައިޚް މަންޞޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ދެމަފިރިންވެސް މީހުންނަށް ފެންނަ ތަނުގަ އުޅެންވާނީ އެހެން މީހުންނަށް ވިސްނައި އަބުރުވެރިކަމާއިއެކުގައި ކަމަށާއި ކުރަންވާނީ ވެސް އަބުރުވެރި އަމަލުތައް ކަމަށް އައްޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވެއްޖެއެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ މަގުމަތީގައި ހިނގާފައިދާއިރުވެސް ހުއްދަވެގެންވަނީ ދެމަފިރިން އަތުގައި ހިފާލައިގެން ދިއުން ކަމަށާއި ގައިގޯޅިވުން ފަދަ އަމަލުތައް ކުރުން ހުއްދަވެގެންނުވާ ކަމަށެވެ. އެހެންކަމުން ޢާންމުކޮށް ފެންނަ ގޮތަށް ކުރާ ކަންކަމުގައި އިސްލާމީ އަޚްލާޤަށް ސަމާލުކަންދޭން ޖެހޭނެ ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ މިޒަމާނުގައި ފޮޓޯ ނަގާނެ ކަމަށާއި ފޮޓޯ ޢާންމުވެސް ކުރާނެ ކަމަށެވެ. ފޮޓޯއަށް ބަލައި މީހުން ފާޑުވެސް ކިޔާނެ ކަމަށެވެ. އެހެންކަމުން ޢާންމު ތަންތަނުގައި އަމަލުތައް ކުރާއިރު މިފަދަ ހުރިހާ ކަންކަމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.

ޝައިޚް މަންޞޫރު މިމޭރުމުން ވިދާޅުވީ ދާދިފަހުން ސްކޫލެއްގައި ބެލެނިވެރިންގެ މެދުގައި ކުރިއަށްގެންދިއަ ކުޅިވަރު ހަރަކާތެއްގެ މައްސަލައެއް މީޑިއާގައި ޢާންމުވުމާއި ގުޅިގެން އެކަކަން ކުރީ ދެމަފިރިން ކަމަށްވުމުން ހުއްދަވާނެ ކަމަށް ބައެއް މީހުން ބުނާތީ މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހަމައެކަނި ދެމަފިރިންތަކެއް ތިބެގެން އެކަކު އަނެކެއްގެ ގައަށް އަތްލައި ކަންކަން ކުރާނަމަ ދެން ތިބި ބެލެނިވެރިންނަށްވެސް އިޙްޞާޞްތަކެއް ކުރާނެކަން އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. މިފަދަ ސަބަބުތަކަށްޓަކައި ދެމަފިރިން ނަމަވެސް އެހެން މީހުންނަށް ފެންނަގޮތަށް ކުރުން ހުއްދަވެގެންވަނީ އެފަދަ އިޙްޞާޞްތައް އެހެން މީހުންނަށް ނުކުރާނެ އަމަލުތަކެވެ.

މިހާރު ރާއްޖޭގެ ބައެއް ސްކޫލްތައް ހިންގަން ތިބި މީހުންނަކީ އިސްލާމް ދީނުގެ ޙުކުމްތަކާއި އެހައި ރައްޓެހި ބައަކަށް ނުވާތީ އުފެދޭ މިފަދަ މައްސަލަތައް މަދުކުރަން މަސައްކަތްކުރަންޖެހެއެވެ. އެބާވަތުގެ ކަންކަމުގެ ވާހަކަތައް ދައްކައި ލިޔެ ހަދަންޖެހެނީ އެފަދަ ކަންކަން ތަކުރާރުވިއަ ނުދިނުމަށާއި ހޭލުންތެރިކުރުވުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް