އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގެއިން "ޓްރާންސްޕެރެންޓް" ވަރަށް ޚާއްޞަ ކޮޓަރިކޮޅެއް ލިބޭނެ 3 މީހެއްގެ ވާހަކަ!

ސުވަރުގެއިން "ޓްރާންސްޕެރެންޓް" ވަރަށް ޚާއްޞަ ކޮޓަރިކޮޅެއް ލިބޭނެ 3 މީހެއްގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ސުވަރުގެއިން ވަރަށް އާދައާ ޚިލާފް ކޮޓަރިކޮޅެއް ލިބޭނެ 3 މީހަކުވެއެވެ. އެއީ ރިވެތިކޮށް ވާހަކަ ދައްކާ މީހާ އާއި މީސްތަކުންނަށް ކާންދޭ މީހާ އާއި ރޭއަޅުކަންކުރާމީހާއެވެ. މި 3 މީހުންނަށް ސުވަރުގެއިން ލިބޭނީ މިޒަމާނުގެ ބަހުރުވައިންނަމަ "އެތެރެއަށް ބޭރު ފެންނަ، ބޭރަށް އެތެރެފެންނަ، ޓްރާންސް ޕެރެންޓް، ބިއްލޫރި ކޮޓަރި ކޮޅެވެ."

މީގެ މާނައަކީ މިފަދަ ކޮޓަރިކޮޅު ސުވަރުގެއިން ލިބޭނީ 3 އަމަލެއް ކުރުންމަތީގައި ދެމިތިބޭ މީހުންނަށް ކަމެވެ. އެކަކީ މީސްތަކުންނާއި ރިވެތިބަހުން މުޢާމަލާމާތުކުރާ މީހާއެވެ. ދެވަނައީ މީސްތަކުންނަށް ކާންދޭ މީހާއެވެ. 3 ވަނައީ މީސްތަކުން ނިދުމުން ތެދުވެގެން ގޮސް ރޭއަޅުކަންކުރާމީހާއެވެ.

މިއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މީސްތަކުންނަށް އަންގަވައިދެއްވަވައި ބަޔާންކޮށްދެއްވަވާފައިވާ ކަމެކެވެ. ސުވަރުގޭގެ މަތިވެރިކަާއި ފުރިހަމަކަމުގެ ވާހަކަ އަކީ ކިތަންމެ ގިނައިން ދެއްކި ނަމަވެސް ބަޔާންކުރެވޭނެ ވާހަކަތަކެއް ނޫނެވެ. އެފަދަ މަތިވެރި ތަނަކުން އެމީހަކަށް އަދި ވަކިން ޚާއްޞަ ކޮޓަރިކޮޅެއް ނުވަތަ ގަނޑުވަރެއް ލިބިގެން ދިއުމަކީ ކޮންފަދަ މަތިވެރި ނިއުމަތެއްތޯއެވެ؟

ރޭއަޅުކަން ކުރުމަކީ ރޭގަނޑު ހަތަރު ދަމު ނަމާދުކުރުން އެކަންޏެއް ނޫނެވެ. ކީރިތި ޤްރްއާން ކިޔެވުމާއި ޛިކުރު ކުރުމަކީވެސް ހަމަ ރޭ އަޅުކަން ކުރުމެވެ. ޢިޝާ ނަމާދަށްފަހު އިމާމެއްގެ ފަހަތުގައި ސުންނަތް ނަމާދުކުރުމުން ރޭއަޅުކަން ލިޔެވުނީއެވެ.

ތަރާވީސް ނަމާދުގައި އެކި މީހުން ރަކްޢަތް ކުރަނީ އެކި ވަރަށެވެ. ސުުންނަތުން ސާބިތުވާ ތަފާތު އަދަދުތަކަށް ކުރެވިދާނެއެވެ. ސުންނަތް ނަާދުކުރަން އެންމެ ރަނގަޅީ ގޭގައެވެ. ނަމަވެސް ރިވެތިކޮށް ކިޔަވާ އިމާމެއްގެ ފަހަތުގައި ކިޔެވުމަށްޓަކައި އަޅުގަނޑުމެން މިސްކިތުގެ ޖަމާއަތަށް ދަނީއެވެ.

އެއީ ބައެއް ފަހަރު މިސްކިތުގައި މިސްކިތްކޮޅުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މީސްތަކުންނާއިގެން އިމާމްވެ ރޭ އަޅުކަން ކުރައްވަވާފައިވާތީއެވެ. އިތުރު މާތް ނަބިއްޔާ (ޞޢވ) ވެސް ގިނައިން ކުރެއްވެވީ ޢާއިލާގެ ބޭފުޅުންނާއިއެކު ގެކޮޅުގައެވެ. ރޭ އަޅުކަމަކީ ހަމަ އެކަނި ރަމަޟާންމަހު ކުރަން އޮތް ކަމެއް ނޫނެވެ. އަބަދުވެސް ކުރަމުން ގެންދަންވީއެވެ.

ައަޅުގަނޑުމެންގެ ތެރެއިން މީހަކު އެންމެފަހުން އަނބިދަރިންނާއިއެކު ގޭގައި ރޭއަޅުކަންކުރީ ކޮންރައަކުތޯ؟

- ޝައިޚް މުޙައްމަދު މަންސޫރު ދަރުސަކުން -

ދަރުސްގެ އޯޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް