އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދުލުވެރިކަން ނެތުމަކީ އެތަނަކުން ދީން ނެތިގެންދާ ކަމެއް: ޝައިޚް މަންޞޫރު

އަދުލުވެރިކަން ނެތުމަކީ އެތަނަކުން ދީން ނެތިގެންދާ ކަމެއް: ޝައިޚް މަންޞޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

އެތަނެއްގައި އަދުލުވެރިކަން ނެތުމަކީ އެތަނަކުން ދީން ނެތިގެންދާނެ ކަމެއް ކަމަށް އައްޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވެއްޖެއެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ އިސްލާމް ދީނަށް ބެލި ނަމަވެސް މާތްﷲ އަށް އީމާންވުމަށްފަހު އެންމެ މުހިންމު އެއް ކަމަކީ އަދުލުވެރިކަން ޤާއިމުކުރުން ކަމަށެވެ. "އަދުލުވެރިކަން ޤާއިމުކުރުމަކީ ކުރާ ކޮންމެ ކަމެއްގައި ވެސް އަދުލުވެރިވުން. ޙުކުމް ކުރާނަމަ އަދުލަށް ޙުކުމްކުރުން. މިނެކިރާނަމަ ނަމަވެސް އުނި އިތުރު ނުގެނައުން."

ޝައިޚް މަންޞޫރު ވިދާޅުވީ މުޖުތަމައެއްގައި އެންމެ މުހިންމު ކަމަކީ މީސްތަކުންގެ އަބުރާ މުދަލާއި ނަސްލު ހިމާޔަތް ކުރުން ކަމަށްވާއިރު މިކަންކަން ކުރެވޭނީ އެތަނެއްގައި އަދުލުވެރިކަން އޮވެގެން ކަމަށެވެ. މީސްތަކުންގެެ ޙައްޤުތައް ހިމާޔަތްކުރެވޭނީ ވެސް އަދުލުވެރިކަން ޤާއިމުކުރެވިގެން ކަމަށެވެ. ބުނާ ބަސް ތެދުވެރިކަމާއިއެކު ބުނެ ސީދާ ކުރުމަކީވެސް އަދުލުވެރިކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ ވެރިން ރައްޔިތުންނަށް އަދުލުވެރިވާންޖެހޭނެ ކަމަށެވެ. އަދި ރައްޔިތުން ވެރިންނަށްވެސް އަދުލުވެރިވާންޖެހޭނެ ކަމަށާއި މިއީ ގުޅި ލާމެހިފައިވާ ދެބައި ކަމަށެވެ. ހަމައެއާއިއެކު ބައްޕައިން ދަރިންނަށް އަދުލުވެރިވާންޖެހޭނެ ކަމަށާއި ފިރިން އަނބިންނަށްވެސް އަދުލުވެރިވާންޖެހޭނެ ކަމަށެވެ. ހަމައެއާއިއެކު އަނބިންނަށް ވެސް ފިރިންގެ ހައްޤުތައް ފުރިހަމައަށް އަދާކުރަންޖެހޭނެ ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ "ވައްކަން ކުރައްވައިފިނަމަ ފާޠިމަތުގެފާނުގެ އަތްޕުޅު ނަމަވެސް ކަނޑުއްވަވާނެ" ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅުކުރެއްވެވީ ވެސް ޙުކުމް ކުރުމުގައި ވަކި މީހަކަށް ތަފާތު ނުކުރެވޭނެ ކަމާއި ޙުކުމް ކުރަންޖެހޭނީ އެންމެންގެ މައްޗަށް ވެސް ހަމަހަމަކަމާއިއެކު ކަން ބަޔާންކޮށްދެއްވެވުމަށް ކަމަށެވެ.

ޝައިޚް މަންޞޫރު ވިދާޅުވީ އަދުލުވެރިކަން ނެތިއްޖެނަމަ އެތަނެއްގައި ހަމަޖެހުން ނުއޮޮންނާނެ ކަމަށާއި ފިތުނަ ފަސާދަ ޢާންމުވެގެންދާނެ ކަމަށެވެ. އެހެންކަމުން މުޖުތަމައުގެ ހަމަޖެހުމާއި އުފާވެރިކަން ގުޅިފައިވަނީ އަދުލުވެރިކަން އޮތުމާއި ކަމަށެވެ.

މިއީ އިސްލާމް ދީނުގައި ކަންކަން ބަޔާންވެގެންވާ ގޮތް ކަމަށްވާއިރު ރާއްޖޭގައި މިހާރު ފެންނަމުން މިދާ ކަންކަމާއި ރާއްޖޭގެ ހާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި މަގުތަކަށް ނުކުންނަން ޖެހިގެން މިއުޅޭ ސަބަބުތަކާއިމެދު ވިސްނައިލުމުން ގިނަ ކަންތައްތަކެއް އެނގިގެންދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް