އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔަހްޔާގެފާނުގެ ބޯ ކަނޑާލަން ރަސްގެފާނަށް ހިތްވަރުދިން އަންހެނާ ބިމަށް ގަންބަވައިގަތް ގޮތުގެ ވާހަކަ- ޝައިޚް މަންޞޫރު

ޔަހްޔާގެފާނުގެ ބޯ ކަނޑާލަން ރަސްގެފާނަށް ހިތްވަރުދިން އަންހެނާ ބިމަށް ގަންބަވައިގަތް ގޮތުގެ ވާހަކަ- ޝައިޚް މަންޞޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ޔަޙްޔާގެފާނަކީ ޒަކަރިއްޔާގެފާނުގެ ދަރިކަލުންނެވެ. މާތްﷲ ޙިކުމަތް ދެއްވެވި މާތް ބޭކަލެކެވެ. ބަނޑުހައި ހޫނުކަމުގައި ހުންނަވަން ލޯބި ކުރެއްވެވި ބޭކަލެކެވެ. ގަސްގަހުގެ ފަތް ފަރިއްކުޅުވައި ކޯރުން ފެންފޮދު ހިއްޕެވި ބޭކަލެކެވެ. ތަޤްވާވެރި ބޭކަލެކެވެ. އެއިރު އޮތް ޔަހޫދީ މުޅި މުޖުތަމައުވެސް އެކަލޭގެފާނުގެ ބަސްފުޅު ޤަބޫލުކުރެއެވެ.

އެއިރު ޔަހޫދީންގެ ވެރިއަކަށް ހުރީ ޚައިރުލުސް ކިޔާ ވަރަށް ޖައްބާރު ވެރިއެކެވެ. ޔަހްޔާގެފާނުގެ ބޯ ކަނޑާލަން ރަސްގެފާނަށް ހިތްވަރުދިނީ ނަށާ ފާހިޝް ވަރަށް ރީތި އަންހެނެކެވެ. އެއީ އެ އަންހެނާ އާއި ރަސްގެފާނާއި ދެމީހުންނަކީ ކައިވެނިހެޔޮނުވާ ދެމީހުން ކަމަށްވާތީ އެ ކައިވެނި ނުކުރެވޭނެ ކަމަށް ޔަހްޔާގެފާނު ބަޔާން ދެއްވެވުމުންނެވެ.

ސަހަރުގެ އެންމެންނަށްވެސް އެއީ ނުކުރެވޭނެ ކައިވެންޏެއްކަން އެނގެއެވެ. އެކަން ޤަބޫލުވެސް ކުރެއެވެ. ޚުދު ރަސްގެފާނަށްވެސް އެކަން އެނގެއެވެ. ނަމަވެސް އެއްރޭ މަސްތުގެ ހާލަތުގައި ރަސްގެފާނު އިންދާ ނަށަމުން އައިސް އެދުމުން އެކަންކަން ރަސްގެފާނު ސިފައިންނަށް އަމުރުކުރީއެވެ. ބުނެވޭ ގޮތުން ޔަހްޔާގެފާނުގެ މަތިވެރިކަން ރަސްގެފާނަށް އެނގޭތީ ފުރަތަމަ އެކަމަށް ދެކޮޅު ހެދިއެވެ. ނަމަވެސް ފަހުން އަންހެނާގެ ބޭނުމުގައި ޔަހްޔާގެފާނުގެ ބޯ ކަނޑަން ސިފައިންނަށް އަމުރުކުރީއެވެ.

ބުނެވޭގޮތުން ރަސްގެފާނުގެ އަމުރަށް ޔަހްޔާގެފާނުގެ ބޯކަނޑައިލެވުނީ އަޅުކަންކުރައްވަން ހުންނަވަނިކޮށެވެ. ބުނެވޭގޮތުން ޔަހްޔާގެފާނުގެ ބޯ ކަނޑައިލުމުން ބިމަށް ވެއްޓުނު ލޭ ތިކި އެޤައުމުގެ އެންމެން ހަލާކުކުރައްވަންދެން ކެކިކެކި ހުއްޓެވެ.

ޔަހްޔާގެފާނުގެ ބޯ ކަނޑާލައި، ތަބަކަކަށް ލައިގެން ގެންގޮސް ދިނުމުން އުފަލުން ހިނިގަނޑު ފަޅައިގެންފައި ހުރެގެން އެ ތަބަށް ހިފައިގެން އަންހެން މީހާ ދިއައީ އޭނާގެ މަންމައަށް ދޭށެވެ. ބުނެވޭ ގޮތުން އަންހެން މީހާ ގޮސްގޮސް ހުއްޓާ ބިންގަނޑު ތުރުތުރު އަޅައިގަތެވެ. އަދި އަންހެން މީހާގެ ބޮލާއި ހަމަ ބިމުގެތެރެއަށް ދަމައިގަތެވެ.

މި އެންމެންގެ މައްޗަށް މާތް ﷲ ޢާންމުވެގެންވާ ކޯފާއެއް ފޮނުއްވެވީ ބޮޑުވެގެންވާ ފާފައެއް ރަސްގެފާނު ކުރަން އުޅޭކަން އެނގިތިބެމެ އެކަން ނުހުއްޓުވުމުންނެވެ. ކޮންމެ މީހަކުވެސް ވަރިހަމަކޮށްލައިގެން ހުރުމުންނެވެ.

ކީރިތި ޤްރްއާންގައ ނަންގަނެވިގެންވަނީ 4 ރަސްކަލެއްގެ ނަމެވެ. އެއީ 2 ކާފަރުންނާއި 2 މުސްލިމުންނެވެ. 2 މުސްލިމުންނަކީ ޛުލްޤަރްނައިނި އާއި ސުލޭމާންގެފާނެވެ. 2 ކާފަރުންނަކީ ނަމްރޫޒް އާއި ބުޚްތަންޝަރު އެވެ. މީގެ ތެރެއިން ބުޚްތަންޝަރަކީ އަނިޔާވެރިކަން ހައްދުފަހަނައަޅާފައި ހުރި މީހެކެވެ. ޔަހޫދީ ހުރިހައި ފިރިހެނުންހެން އޭނާ ޤަތުލުކުރި ކަމަށްވެއެވެ. އެކަން ވެސް އޭނާއަށް ކުރެވުނީ އޭނާގެ އަނިޔާވެރިކަން އެހެން މީހުން ނުހުއްޓުވުމުންނެވެ.

މި ދެ ވާހަކައަށް ބެލި ނަމަވެސް މީގެ މާނައަކީ ނުބައި ޖައްބާރު މީހަކަށް އެއަށްވުރެ ނުބައި މީހަކު މާތް ﷲ ފައުކުރައްވަވާނެ ކަމެވެ.

"އެހެންވީމާ ނުބައި ކަންކަމަށް އަޅުގަނޑުމެން މަގުފަހިކޮށްގެން ނުވާނެ. މިދެ ވާހަކައިން ލިބޭ ޢިބްރަތަކީ ނުބައި ކަންތައްތައް މަނާކުރާށޭ. ހެޔޮ ކަންތައްތަކަށް އަމުރުކުރާށޭ. އެއީ އަޅުގަނޑުމެންނަށް ކުޅަދާނަވެގެންވީ މިންވަރަކުން ކުރަންޖެހޭ ކަމެކޭ. ޙައްޤުގެ މަތީގަ ދެމިހުންނާށޭ ކިތަންމެ ބޮޑު ހަލާކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް."

ޔަޙްޔާގެފާނު އެދެއްކެވީ އެމިސާލެވެ. ނުބައި މީހެއްގެ ނިމުން އާޚިރުގައި ވެގެންދާނީ ވަރަށް ހިތި ނިމުމަކަށެވެ. އެވަރުގަދަ ޔަހޫދީ ދައުލަތް ބަލިކަށިވެ ނިމިގެންދިއައީ އެ ސަބަށްޓަކައެވެ.

- އައްޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން -

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް