އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑަކަށް ނުވެސް އަންގާ، ސަސްޕެންޑް ކޮށްފިކަން އަޅުގަނޑަށް އެނގުނީވެސް މީޑިއާ ފަރާތުން- ވަކީލު ޝަމީމު

އަޅުގަނޑަކަށް ނުވެސް އަންގާ، ސަސްޕެންޑް ކޮށްފިކަން އަޅުގަނޑަށް އެނގުނީވެސް މީޑިއާ ފަރާތުން- ވަކީލު ޝަމީމު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ޙުސެއިން ޝަމީމު އަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ނިންމާ މިއަދު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސަސްޕެންޑް ކޮށްފައިވާއިރު، އެމަނިކުފާނު ސަސްޕެންޑް ކުރިކަން ރަސްމީކޮށް އެއްވެސް ފަރާތަކުން އެމަނިކުފާނަށް އަންގާފައި ނުވާ ކަމަށާއި އެމަޢުލޫމާތު އެމަނިކުފާނަށް ލިބުނީ މީޑިއާ މެދުވެރިކޮށް ކަމަށް ޝަމީމު ވިދާޅުވެއްޖެއެވެ.

ކުއްލިއަކަށް ސަސްޕެންޑް ކުރުމާއި ގުޅިގެން އެމަނިކުފާނުގެ ބަހެއް ހޯދާލުމަށް ވީނިއުސް އިން ވަކީލު ޝަމީމުއަށް ގުޅުމުން، އެމަނިކުފާނު ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެމަނިކުފާނު ސަސްޕެންޑް ކުރިކަމަށް ޑީޖޭއޭ ގެ ބަޔާނުގައިވާއިރު، އެމަނިކުފާނުގެ މައްޗަށް އެފަދައިން ސާބިތުވެފައިވާ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހިމެނި ވަޑައިގަންނަވާ ޙުސެއިން ޝަމީމް ވިދާޅުވީ، މިސަސްޕެންޝަން އަކީ އެމަނިކުފާނަށް ދެރައެއް ދޭން ކުރި ސަސްޕެންޝަންއެއް ނޫން ކަމަށާއި މިއީ އެމަނިކުފާނުގެ މުއައްކިލުންނަށް ދެރައެއް ދިނުމަށް ކުރި ސަސްޕެންޝަން އެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑާ ދޭތެރޭ އިންކަމެއް ނޫން މިއީކީ، އަޅުގަނޑުގެ މުއައްކިލުންނަށް ދެވޭ ދެރައެއް މިކަމަކީ. އެއީ އަޅުގަނޑަކީ މީގެ ކުރިން ވެސް ސަސްޕެންޑް ކޮށްފައިވާ މީހެއް، އަޅުގަނޑަކަށް މިއީ އާކަމެއް ވެސް ނޫން. އަޅުގަނޑެއް ކޮންމެެހެން ނުދާނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފައިދަށަކަށް ވެސް މިކަން ހަމަޖައްސާ ދެއްވާށޭ ކިޔާފަ. އަޅުގަނޑުގެ މުއައްކިލުންނަށް ޤާނޫނީ ވަކީލެއް ލިބުމުގެ ޙައްޤުން އުނިކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ" ޙުސެއިން ޝަމީމް ވިދާޅުވިއެވެ.

މީގެއިތުރުން ޤާނޫނީ ވަކީލު ޝަމީމު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް އެދެނީ އެމަނިކުފާނާއިމެދު އެއްވެސް މައްސަލައެއް އޮތް ކަމަށް ވަންޏާ އެމައްސަލައެއް ބަލާދެއްވާ އަޅުއްވާ ފިޔަވަޅެއް އެޅުއްވުމަށާއި އެފަދައިން ސަސްޕެންޑް ކޮށްފައި އޭގެ ފަހަތުގައި ނުތިއްބެވުމަށް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ