އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަކީލު ޝަމީމު ވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

ވަކީލު ޝަމީމު ވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޤާނޫނީ ވަކީލު ޙުސެއިން ޝަމީމު ވެސް އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރު ވާން އަންގައިފިއެވެ.

ވަކީލު ޝަމީމު އަށް ސުޕްރީމް ކޯޓުން މިއަދު ކޮށްފައިވާ އަމުރުގައި އަންގާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ މެންދުރު 13:30 އަށް، ސުޕްރީމް ކޯޓުގެ ބޭނުމަކަށް އެކޯޓަށް ހާޒިރު ވުމަށެވެ. އަދިވަކީލު ޝަމީމު ކޯޓަށް ހާޒިރުވުމަށް އަންގާފައިވާއިރު، ހަމަ އެދުވަހުގެ އެވަގުތަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާއިގެ މެމްބަރު އަލީ ޙުސެއިން ވެސް ވަނީ އެކޯޓަށް ހާޒިރުވުމަށް އަންގާފައެވެ.

ސުޕްރީމް ކޯޓަށް މިއަންނަ އާދީއްތަ ދުވަހު ހާޒިރުވުމަށް ވަކީލު ޝަމީމު އަށް އަންގާފައިވާއިރު، ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އޭނާވަނީ ފުލުހުންގެ އިދާރާއަށް ވެސް ހާޒިރު ކޮށްފައެވެ. މީގެ އިތުރުން، ރައީސް މައުމޫންގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރި ވަނިކޮށް، ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ވަނީ ޙުސެއިން ޝަމީމު ސަސްޕެންޑު ވެސް ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ