އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަކީލު ޝަމީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް

ވަކީލު ޝަމީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ފުލުހުންނާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ އަދި ފުލުހުންނާއިމެދު ނަފްރަތު އުފައްދާ ކަމަށް ބުނެ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަދި ރައީސް މައުމޫނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޙުސެއިން ޝަމީމް ގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، އެމުއައްސަސާއާއިމެދު ދޮގު މައުލޫމާތު ފަތުރާ ޝަމީމްގެ ކިބައިން ދަށު ދަރަޖައިގެ ޢަމަލުތަކެއް ފެނިފައިވާ ކަމަށާއި އެފަދަ މައްސަލައެއް ޖިނާއީ ކުށެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

މީގެއިތުރުން ޝިފާން ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅޭގޮތުން ލިބިފައިވާ ހެކިތަކަކާއިމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭގޮތަށް ޝަމީމް ވާހަކަ ދައްކަވާފައިވާ ކަަމަށާއި ފުލުހުންނާއިމެދު ދޮގު މައުލޫމާތު ފަތުރާ ފުލުހުންގެ ޤާނޫނީ މަސައްކަތަށް ދަތިކޮށް ތަހުގީގެއްގެ މަޤްސަދު ހާސިލް ވިޔަނުދިނުމަށް ވަކީލު ޝަމީމު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ