އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު ކްރިމިނަލް ކޯޓުގަ ކަންތައްތައް ކުރިއަށް ގެންދަނީ ޤާނޫނުން ބޭރުން: ވަކީލް ޙުސައިން ޝަމީމް

މިއަދު ކްރިމިނަލް ކޯޓުގަ ކަންތައްތައް ކުރިއަށް ގެންދަނީ ޤާނޫނުން ބޭރުން: ވަކީލް ޙުސައިން ޝަމީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

މިއަދު ކްރިމިނަލް ކޯޓުގައި ކަންތައްތައް ކުރިއަށް ގެންދަނީ ޤާނޫނުން ބޭރުން ކަމަށް ޤާނޫނީ ވަކީލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅުވައި ރައީސުލްޖުމްހޫރިއްޔާ ހުއްޓުވާފައިވާ ޤާނޫނު އަސާސީގެ 48 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުން ކްރިމިނަލް ކޯޓުގައި މިއަދު ކަންތައްތައް ކުރިއަށް ގެންދާ ކަމަށާއި ހިފަހައްޓާފައިވާ އެ މާއްދާތަކުގެ ދަށުން އެއްވެސް ކަމެއް ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެ މާއްދާތައް ދޫކޮށްލެއްވުމުން ކަމަށެވެ.

ޝަމީމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެދަށުން ބަންދުކުރި މީހުންގެ މުއްދަތު ޖެހުން ވަނީ ހުއްޓުވާފައި ކަމަށާއި ނަމަވެސް ފުލުހުންގެ މުއައްސަސާއިން ގުޅައި މުއްދަތު ޖެހުމުގެ މަޖިލީހަށް އައުމަށް ވަކީލުންނަށް އެންގުމުން ވަކީލުން އައުމުން ކުރިއަށް ގެންދަނީ ޝަރީއަތުގެ މަޖިލީސް ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހަށް ވަކީލުން ހާޒިރުކުރާނަމަ އެކަމަށް މުއްދަތެއް ދޭން ޖެހޭ ކަމަށާއި 48 ގަޑިއިރުކުރިން ފޯމެއްވެސް ލާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދަނީ ފުލުހުން ތިބެގެން ކަމަށާއި މިއީ މީގެ ކުރިން ދުވަހަކުވެސް ފެނިވަޑައިގެންފައިވާ ކަންކަން ނޫން ކަމަށެވެ. އަބަދުވެސް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދަނީ ދައުލަތާއި މުވައްކިލުންގެ ވަކީލުން ތިބެގެން ކަމަށެވެ.

ޝަމީމް ވިދާޅުވީ ރައީސުލްޖުމްހޫރިްޔާގެ ޤަރާރަކުން ހިފަހައްޓާފައިވާ މާއްދާއެއް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ބާޠިލް ނުކުރަނީސް އެ މާއްދާއަކަށް އަމަލުކުރުމަކީ ފުލުހުންނަށްވެސް އަދި ފަނޑިޔާރުންނަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިއަދު ފުލުހުންނާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ގެންދަނީ އެކަން ކުރަމުން ކަމަށެވެ.

ގުޅުންހުރި އަޑު:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް