އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަމީމުގެ ރައްދު ފުލުހުންނަށް: ފުލުހުން މީޑިއާގަ މީސްމީހުންގެ ވާހަކަ ދައްކާނަމަ ވަކީލުންނަށް ދިފާޢުގަ ވާހަކަ ދެއްކޭނެ

ޝަމީމުގެ ރައްދު ފުލުހުންނަށް: ފުލުހުން މީޑިއާގަ މީސްމީހުންގެ ވާހަކަ ދައްކާނަމަ ވަކީލުންނަށް ދިފާޢުގަ ވާހަކަ ދެއްކޭނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ފުލުހުން މީޑިއާގައި މީސް މީހުންގެ ވާހަކަ ދައްކާނަމަ އެމީހުންގެ މުވައްކިލުންގެ ފަރާތުން ވެސް މީޑިއާގައި ވާހަކަ ދެއްކޭނެ ކަމަށް ކުރީގެ އެސިސްޓެންޓް ޕްރޮސެކިޔުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވީ ޝަރީއަތުގެ މަރުހަލާގައި ވާހަކަ ދެއްކުމާއި މީޑިއާގައި ވާހަކަ ދެއްކުމާއި އެއީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ. އެހެންކަމުން މީހަކާއިމެދު އެއް ފަރާތުން އަމަލުކުރާ ގޮތަކަށް ވަކީލުންނަށް ވެސް އަމަލުކުރެވޭނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ އެނާ ކުށްވެރިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ޝިފާން ވިދާޅުވި ޤާނޫނުގެ އެއްވެސް މާއްދާއެއްގައި ހިމެނޭ އެއްވެސް ކުށެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށެވެ. "ފުލުހުން މިހާރު ކަންބޮޑުވެގެން އެއުޅެނީ ފުލުހުން ކަންބޮޑުވާން ނުޖެހޭ ކަމަކާ. ސްޕްރީމް ކޯޓުން ނިންމަވާފަ އޮންނާނީ ވަކީލުން ކުރާ ކަންކަމާ ކަންބޮޑުވާނެ، ފިޔަވަޅު އަޅާނެ ފަރާތަކީ ސްޕްރީމް ކޯޓު ކަމަށް."

ޝަމީމް ވިދާޅުވީ މިފަދަ މައްސަލަތައް ކުރިމަތިވަމުން މިދަނީ ކުރިމަތިލާންޖެހޭ އޮފިސަރުންނަށް މީޑިއާ އާއި އަދި ވަކީލުންނާއިވެސް ކުރިމަތިލާން ނުކެރޭތީ ލިޔެފައި އޮންނަ އެއްޗެއް ޖޫނިއަރ އޮފިސަރެއްގެ އަތަށް ދީގެން ކިޔުއްވަމުން ގެންދާތީ ކަމަށެވެ.

"އަޅުގަނޑު ޤާނޫނު ކިޔަވައިދިނިން. މީޑިއާ މެދުވެރިކޮށް ޤާނޫނީ ފިލާވަޅު ނަގައިދޭން އަޅުގަނޑު ބޭނުމެއް ނުވޭ. އެއީ އަޅުގަނޑު ކުރާހިތްވާ ކަމެއް ނޫން. އެބޭފުޅުން ބޭނުންފުޅު ނަމަ ޤާނޫނީ ފިލާވަޅު ނަގައިދޭން މިހިރީ ތައްޔާރަށް. މައްސަލަތައް މިގޮތަށް މެދުވެރިމިވަނީ ޤާނޫނު ރަނގަޅަށް އެނގިވަޑައި ނުގަންނަވާ އޮފިސަރުން ޤާނޫނުގެ ވާހަކަތައް އެހެން ބައަކު ލިޔެފަ ދޭ ގޮތަކަށް ހާމަކުރާތީ." ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމްގެ ބަސް (ރެކޯޑިންގ):

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް