އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިރޭ ވެސް 8:30 ގައި މުޒާހަރާ ފަށާނެ: އިދިކޮޅު

މިރޭ ވެސް 8:30 ގައި މުޒާހަރާ ފަށާނެ: އިދިކޮޅު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ރާއްޖޭގެ ސަރުކާރު ޤާނޫނު އަސާސީއަށް ރުޖޫޢަކުރުވަން އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ކުރިއަށް ގެންދާ މިރޭގެ މުޒާހަރާ 8:30 ގައި ފަށާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

މ. ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތުދެމުން އިދިކޮޅު ފަރާތްތަކުން ބުނީ މިރޭ ވެސް މުޒާހަރާ ފަށާނީ މަޖީދީމަގު/ ޗާންދަނީމަގު ކަންމަތިން ކަމަށެވެ. ފުލުހުން ހުރަސްއެޅިނަމަވެސް ސަރުކާރު ޤާނޫނަށް ރުޖޫއަކުރުވަން ކުރިއަށް ގެންދާ އެއްވުންތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ މުޒާހަރާކުރަން ރައްޔިތުން މަގުތަކަށް ނުކުންނަނީ ސަރުކާރުން ޤާނޫނު އަސާސީ އާއި ޚިލާފަށް ކަންތައްތަކެއް ކުރަމުން ގެންދާތީ ކަމަށެވެ. އެހެންކަމުން ހައްލަކީ ފުލުހުން ނެރެ ރައްޔިތުންނަށް އަނިޔާކުރުން ނޫން ކަމަށާއި ޙައްލަކީ ޤާނޫނު އަސާސީއަށް ސަރުކާރުން އަމަލުކުރަން ފެށުން ކަމަށެވެ.

މުޒާހަރާކުރަން ނުކުންނަނީ ސަރުކާރު ވައްޓާލަން ކަމަށް ފުލުހުންނާ ސަރުކާރުން ބުނާބުނުން އިދިކޮޅު ފަރާތްތަކުން ގެންދަނީ އެކަން ދޮގުކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރަން ސަރުކާރަށް ގޮވާލުމަކީ ސަރުކާރު ވައްޓައިލުން ނޫން ކަމަށެވެ. އަދި އެކަންކަމަށް ގޮވާލުމަކީ ރައްޔިތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް