އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޒާހަރާއަށް މީހުން އިތުރުވަނީ - އަދި ތިބީ އެނބުރިދާގޮތަކަށް ނޫން.

މުޒާހަރާއަށް މީހުން އިތުރުވަނީ - އަދި ތިބީ އެނބުރިދާގޮތަކަށް ނޫން.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދާ "ހުއްޓުވާ" މުޒާހަރާއަށް މިހާރުވެސް ދަނީ ބައިވެރިންގެ އަދަދު އިތުރުވަމުންނެވެ.

ގިނަ އަދަދެއްގެ މީހުން މިހާރު ތިބީ އެމްއެމްއޭ ކައިރީ ސަރަހައްދުގައެވެ. ދޭތެރެދޭތެރެއިން ޗާންދަނީ މަގާ ހަމައަށް ދެވުނު ނަމަވެސް ގެންދަނީ ފަހަތަށް ޖައްސަމުންނެވެ.

އިތުރު ބައެއް ސަރަހައްދުތަކުގައިވެސް މުޒާހަރާގެ ބައިވެރިން ދަނީ ޙަރަކާތްތެރިވަމުންނެވެ.

މުޒާހަރާގެ ބައިވެރިން ސަރުކާރަށް ގޮވާލަމުން ގެންދަނީ ދޮގު ތުހުމަތުތައް ކޮށް ބަންދުކޮށްފައިވާ އެންމެންނާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށާއި ސަރުކާރުން އެނބުރި ޤާނޫނު އަސާސީއަށް ރުޖޫއަވުމަށެވެ.

ފުލުހުންގެ ކިބައިން ކުރީ ރޭތަކުގައި ފެނުނު ހަރުކަށިކަމާއި އަނިޔާވެރިކަން މިރޭ މި ސަރަހައްދަކުން އަދި ނުފެނެއެވެ. މުޒާހަރާގެ ބައިވެރިން ގެންދަނީ ފުލުހުންނަށް އެއްބާރުލުން ދެމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ