އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިދިކޮޅު ފަރާތްތަކުގެ "ހުއްޓުވާ" މުޒާހަރާ

އިދިކޮޅު ފަރާތްތަކުގެ "ހުއްޓުވާ" މުޒާހަރާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 14 ސިކުންތު

ރައީސް ޔާމީން އާއި މަސީހް ހައްޔަރުކޮށް ތަހުގީގު ފަށްޓަވަން ގޮވާލުމަށް ޤާސިމް އިލްތިމާސްކޮށްފި

މިކަން ހުއްޓުވަން ބޭނުންވަނީ އިތުރު ކުޑަހިއްވަރެއް ކަމަށާއި ސާބިތުކަމާއެކު ބާރަށް ކުރިއަށްދިއުމަށް ފައިސަލް ނަސީމް ގޮވާލައްވައިފި

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގެ މަގުތައް މަތީގައި ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިޔަކު ފުލުހަކަށް ހަމާލާދީފައިވާކަމަށް ފުލުހުން ތުހުމަތުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓްގައި ބުނީ މުޒާހަރާގެ ބައިވެރިޔަކު ހަމަލާ ދިނުމުގެ ސަބަބުން ފުލުހަކަށް އަނިޔާވެފައިވާކަމަށާއި އަނިޔާ ލިބިފައިވާ ފުލުސް އޮފިސަރުގެ އަތުގައި ރެނދެއް ލާފައިވާކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި މިރޭ މުޒާހަރާ ކުރަމުން އަންނައިރު، މި މުޒާހަރާ ރަނގަޅަށް ނުފެށެނީސް ފުލުހުން ވަނީ މުޒާހަރާއަށް ހުރަސް އަޅައިފައެވެ. އަދި މުޒާހަރާގެ ތެރެއިން ފުލުހުން މިހާރު ވެސް ވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.



އަނެއްކާވެސް ކަރުނަ ގޭސް ޖަހައިފި. ނަމަވެސް މިފަހަރު އޭގެ އަސަރު ބޮޑަށް ކުރީ ސިފައިންނަށް ކަމަށް މައުލޫމާތު ލިބޭ



އެއްވުމުގެ ބައިވެރިން ގެންދަނީ ހިތްވަރާއިއެކު އިހުތިޖާޖު ކުރިއަށް ގެންދަމުން.



އެގޮތުން ފާހަގަ ކޮށްލެވޭ ކަމަކީ، އިހުތިޖާޖު ރޫޅާލުމަށް ފުލުހުންނާއި ސިފަައިން މަސައްކަތް ކުރުމުން ވެސް، އިރުކޮޅެއް ނުވެ ބައިވެރިން އެއްވެ، އަޑުއުފުލަން ފަށާކަން

އެމްއެންޑީއެފް އޮންނާނީ ގައުމާ ރައްޔިތުންގެ ސަލާމަތަށްޓަކާ: ޤާސިމް





މަސްމާރުކޭޓު ސަރަހައްދަށް ސިފައިން ކަރުނަގޭސް ޖަހައިފި.

ފުލުހަކު ރަހީނުކުރިކަމަށް ކުރި ރިޕޯޓް ފުލުހުން ދޮގުކޮށްފި

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގެ މަގުތައް މަތީގައި ކުރަމުންދާ މުޒަހަރާގެ ތެރެއިން ފުލުހަކު ރަހީނުކުރިކަމަށް ބައެއް މީޑިއާތަކުން ކުރި ރިޕޯޓް ފުލުހުން ދޮގުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ރަސްމީ ޓްވިޓާ އެކައުންޓުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ފުލުހަކު ރަހީނުކުރިކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށެވެ.

ފުލުހުން މިހެން ބުނެފައިވަނީ، މިރޭގެ މުޒަހާރާގެ ތެރޭގައި މުޒާހަރާގެ ބައެއް ބައިވެރިން ލިލީ މަގުން ފުލުހަކު ރަހީނުކުރިކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކުރުމާ ގުޅިގެންނެވެ. އަދި އެ ވަގުތު އެ ތަނުގައި ހުންނެވި ބައެއް ފުލުހުން ގޮސް އެކަން ހުއްޓުވައި އެކަމެއް ކުރި ބަޔަކު ހައްޔަރު ވެސް ކުރިކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ފުލުހުން އަމީތު ހައްޔަރު ކުރަން އުޅުމުން އެއްވުމުގެ ބައިވެރިން އޭނާ ސަލާމަތްކޮށްފި.



މެންބަރު އަލީ އާޒިމް އާއި ހުސެއިން މުހައްމަދު ހައްޔަރު ކޮފފި



ފުލުހުން ޕެޕަރ ސްޕްރޭ ޖެހުމުން ހާލު ދެރަވި އަންހެނަކަށް ފުލުހުން އެހީތެރިވެދީފި



ރައްޔިތުން ޖުމްހޫރީ މައިދާނަށް އަދިވެސް ދަނީ އެއްވަމުން

މާލޭގައި ރޭ ކުރި މުޒާހަރާއިން ހައްޔަރު ކުރި 23 މީހުން ދޫކޮށްލައިފިއެެވެ. އޭގެ ތެރޭގައި މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) ވެސް ހިމެނެއެވެ.



ރޭ ހައްޔަރުކުރި 23 މީހުން ދޫކޮށްލުމަށް ދޫނިދޫ އިން މާލެ ގެނެސް އަތޮޅުވެހީގައި ބައިތިއްބާފައި ހުރި ކަމުގެ މައުލޫމާތު ލިބޭ



ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން މިކަމާގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ

ދެ އަންހެނުން މިހާރު ހައްޔަރު ކޮށްފި. އޭގެ އިތުރުން ދެ ފިރިހެނަކު ވެސް ވަނީ ހައްޔަރު ކޮށްފަ.

މިސަރަޙައްދު ދޫކޮށް ދިޔުމަށް އެމްޕީއެސް އިން އިލްތިމާސް ކޮށްފި.

ފުލުހުންގެ މަސައްކަތަށް އުނދަގޫ ނުވާނެ ފަދައިން ތިބުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސް ކޮށްފި

އިސްލާމީ މަރުކަޒު ކައިރީ ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލައިފި

އިސްލާމީ މަރުކަޒުގެ ކައިރީގައި އޮންނަ ޕާކިން ޒޯންގައި ޕާކްކޮށްފައިވާ ކާރެއްގައި ރޯކޮށްލައިފިއެވެ.



އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އިސްލާމީ މަރުކަރު ކައިރީ ޕާކްކޮށްފައިވާ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔާ ރެސްކިއު ސާވިސް މިރޭ 8:50 ހާއިރު ހަރަކާތްތެރިވެ، 8:58 ހާއިރު އަލިފާން ނިއްވާލައިފައިވާކަމަށެވެ. އެމްއެންޑީއެފްއިން ބުނީ މި ހާދިސާގައި ކާރަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

އިސްލާމީ މަރުކަޒު ކައިރީ ޕާކްކޮށްފައިވާ ކާރެއްގައި ރޯކޮށްލާފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުޖަހަން ބަޔަކު ރާވަމުން އަންނަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް ކުރިން ފުލުހުން ވަނީ ބުނެފައެވެ. އަދި ކާރުގައި ރޯކޮށްލި މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުން މިހައިތަނަށް ވަނީ ވިހިހަވަރަކަށް މީހުން ހައްޔަރުކޮށްފައެވެ. ނޫސްވެރިންނަށް ތިބެވެނީ ވަރަށް ދުރުގައި ކަމަށްވެފައި މެދުކެނޑުމެއްނެތި މީހުން ހައްޔަރުކުރަމުން ގެންދާތީ ސީދާ އަދަދު އޮޅުންފިލުވަން ދަތިތަކެއް އެބަހުއްޓެވެ.

+++

"ހުއްޓުވާ" އެއްވުން ފެށުމުގެ ކުރިން ފުލުހުން އިންޒާރުދީފި

އިދިކޮޅު ފަރާތްތަކުން "ހުއްޓުވާ" ގެ ނަމުގައި މިރޭ ބާއްވަން މަސައްކަތްކުރާ އެއްވުން ފެށުމުގެ ކުރިން ފުލުހުން އިންޒާރުދީފިއެވެ.

އެއްވެ ތިބި މީހުން ސާބިތުކަމާއެކު އަދި އެބަތިއްބެވެ. އެހެން ރޭތަކަށްވުރެ ގިނަ އަދަދެއްގެ ފުލުހުން މިރޭ ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެހެން ރޭރެއަށްވުރެ ކުރިން ފުލުހުން ވަނީ އެތަނަށް ގޮސްފައެވެ.

އެއްވެ ތިބި މީހުން ދުރަށް ޖައްސަން އަދި ބާރުގެ ބޭނުމެއް ނުކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ