އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

އިދިކޮޅު ފަރާތްތަކުން ބާއްވަމުން ގެންދާ މުޒާހަރާތަކުގެ ތެރެއިން، ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭގެ މުޒާހަރާއިން ހައްޔަރުކޮށް ދޫކޮށްނުލާ ބޭތިއްބި 15 މީހުން، ދޫކޮށްލީ މިއަދު ހަވީރު 15:30 ހާއިރުއެވެ. މިއަދު ދޫކޮށްލި މީހުންތަކުގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ އަދި ޤާނޫނީ ވަކީލު ނާޒިމް ސައްތާރު ވެސް ހިމެނެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވުނު "ހުއްޓުވާ" މުޒާހަރާގެ ތެރެއިން ޖުމްލަ 141 މީހުން ހައްަޔރު ކުރެވިފައިވާއިރު، އެރޭ ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ފަސް މީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އެ އެއްވުމަކީ "މޭ ޑޭ" (1 މެއި 2015) ގެ ފަހުން އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރު ކުރެވުނު އެއްވުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ