އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭގެ އެއްވުމުގެ ތެރެއިން ޖުމްލަ 23 މީހަކު ހައްޔަރުކުރި

ރޭގެ އެއްވުމުގެ ތެރެއިން ޖުމްލަ 23 މީހަކު ހައްޔަރުކުރި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ ސިކްސިލާ މުޒާހަރާތަކުން، ރޭގެ އެއްވުމުގެ ތެރެއިން ޖުމްލަ 23 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެއްވެސް މީހަކު އަދި ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، ރޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރީ 23 މީހުން ކަމަށާއި އެއްވެސް މީހަކު އަދި މިހާތަނަށް ދޫކޮށްލާފައި ނުވާ ކަމަށެވެ.

ރޭގެ އެއްވުމުގެ ތެރެއިން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) އާއި ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފީގެ ލީޑަރު ވަލީދާ ވަލީދު އާއި އެމްޑީޕީގެ ސެކްރެޓޭރިއެޓް ސްޓާފް އައިޝަތު ވަހީދު އާއި އެމްޑީޕީގެ އަންހެނުންގެ ގޮފީގެ މެންބަރު ޒަހުރާ މޫސާ އާއި ހަމަ އެޕާޓީގެ ޒުވާނުންގެ ގޮފީގެ މެންބަރު މައިމޫން ގެ އިތުރުން ނައީމާއްތަ، ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ