އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުޒުރުވެރިޔާ ގޮނޑީގަ ނަމާދުކުރުމަކީ މައްސަލައެއް ނޫން - މީހަކަށް އުނދަގޫވެގެން ނުވާނެ: ޝައިޚް ޢަލީ ޒާހިރު

އުޒުރުވެރިޔާ ގޮނޑީގަ ނަމާދުކުރުމަކީ މައްސަލައެއް ނޫން - މީހަކަށް އުނދަގޫވެގެން ނުވާނެ: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

ބަލިހާލު ހުރިގޮތުން ކޮޅަށް ހުންނަން އުޒުރުވެރިވާ މީހާ ގޮނޑީގައި އިށީނދެ އިނދެގެން ނަމާދުކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެއީ ހުއްދަ ކަމެކެވެ. އެކަމުގެ ސަބަބުން ސަވާބަށް އެއްވެސް އުނިކަމެއް ނުއަންނާނެއެވެ.

ކިރިޔާވެސް ކޮޅަށް ހުރެވޭނަމަ ފަރުޟު ނަމާދުގައި ކޮޅަށް ހުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެއީ ވާޖިބު ކަމެކެވެ. ނަމަވެސް ސުންނަތް ނަމާދުގައި ކޮޅަށް ހުރެވޭމީހާއަށް ވެސް އިށީދެ އިނުން ހުއްދައެވެ. އެއީ ތަރާވީސް ނަމާދާއި ދަމުނަމާދު ފަދަ ނަމާދުތަކުގައި ކޮޅަށް ހުރުމުން ވަރުބަލިވާ ނަމައެވެ. ވަރުބަލިވާތީ ނުކޮށް ދޫކޮށްލުމަށްވުރެ ކުރުން މުހިންމުވީމައެވެ. ސުންނަތް ނަމާދުގައި އެކަން ހުއްދަ ނަމަވެސް އެމީހާއަކީ އުޒުރުވެރިއެއް ނޫންނަމަ (ކޮޅަށް ހުރެވޭ މީހެއް ނަމަ) އެމީހަކަށް ލިބޭނީ ސަވާބުގެ ދެބައިކުޅައެއްބައެވެ.

ގޮނޑި ބަހައްޓަންޖެހޭނީ ކޮންތާކު؟

ގޮނޑި ބަހައްޓަންޖެހޭނީ އެހެން މީހުންނަށް އެންމެ އުނދަގޫ ނުވާނެ ގޮތަށެވެ. އެގޮތަށް ބަަލައިފިނަމަ ގޮނޑި ބަހައްޓަންޖެހޭނީ ސަފުގައެވެ. މީހާ ސަފަށްވުރެ ކުރީގައި ހުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އުޒުރުވެރިއަކަށްވާތީއެވެ. އުޒުރުވެރިޔާއަށް އިށީނދެ އިނދެ ނަމާދުކުރުން ހުއްދަވާއިރު ސަފަށްވުރެ ކުރީގައި ހުރެ ނަމާދުކުރުމަކީ މައްސަލައެއް ކަމަށް ދެކެގެންނުވާނެއެވެ.

ސަފުގައި ތިމާ ހުރެފައި ގޮނޑި ފަހަތުގައި ބައްޓާނަމަ ދިމާވާ ވަރަށް ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. އެއްކަމަކީ ގޮނޑި އެބެހެއްޓެނީ ފަހަތުގައި ހުރި މީހާގެ ޖާގައިގައި ކަމެވެ. އެހެން މީހުންގެ ޖާގައިގައި ތިމާގެ ތަކެތި ބެހެއްޓުމެއް ނެތެވެ. އެމީހާ ސަޖިދަ ކުރުމަށްޓަކައި ގޮނޑި ކުރިއަށް ޖައްސަން އެބަޖެހެއެވެ. ފަހަތަށް ޖައްސަންވެސް އެބަޖެހެއެވެ. އެކަމަށް ވިސްނަން އެބަޖެހެއެވެ. އެގޮތަށް ވިސްނަންޖެހުމަކީ ޚުޝޫޢަތްތެރިކަން ގެއްލިގެންދާނެ ކަމެކެވެ. ކުރިމަތީގައި ހުރެގެން ގޮނޑި ދެކޮޅަށް ދަމާނަމަ ފަހަތުގައި ހުންނަ މީހާއަށްވެސް މައްސަލަތައް ކުރިމަތިވެއެވެ.

ފަހަތަށް ގޮނޑި ބެހެއްޓުމުން ދިމާވާ އެހެން މައްސަލައެއްވެސް އެބައޮތެވެ. އެއީ އެކަމަށްބަލައި ބައެއް މީހުން އެ ޖާގަ ހުސްކޮށް ބައެއް ފަހަރު ނަމަވެސް ސަފު މެދުކަނޑައިލާ ކަމެވެ. ވީމާ މިފަދަ ހުރިހާ ކަންކަމަށް ބެލުމުން އެނގެނީ އެންމެ ރަނގަޅު ގޮތަކީ ގޮނޑި ސަފުގައި ބެހެއްޓުންކަމެވެ.

ގޮނޑި ބަހައްޓަންވީ ތަނެއް އެއްވެސް ޙަދީޘްފުޅަކުވެސް ކީރިތި ޤްރްއާނުގެ އާޔަތެއްގައިވެސް ނެތެވެ. އެހެންކަމުން މިއީ ބުއްދީގެ ހަމަތަކުން ކުރަންޖެހޭ ކަމެކެވެ.

ނަމާދަށް ސަފުހަދަންވާނީ ރީތިކޮށް ތަރުތީބުންނެވެ. ޝައިޠާނާއަށް ހުސް ޖާގަ ދީގެން ނުވާނެއެވެ. ތިބެންޖެހޭނީ ކައިރިކައިރީގައެވެ. އެއީ ޙަދިޘްފުޅުން އެނގެން ހުރި ކަންކަމެވެ. ހަމައެއާއިއެކު ޖެހިގެން ހުންނަ މީހާއަށް އުނދަގޫވާވަރަށް ހަރުކަށި ވުމެއްވެސް ނެތެވެ. ކަންތައްތައް ކުރަންވާނީ މަޑުމަތިރިކަމާއިއެކުގައެވެ. މަޑުމޮޅިކަމާއިއެކުގައެވެ.

- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމްގެ ދަރުސަކުން -

ގުޅުން ހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް