އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޑުކުރުމެއްނެތި "ޗުސްޗުސްލާފަ" ހަރަކާތްކުރަމުން ކުރާ ނަމާދަކީ ނަމާދެއް ނޫން!

މަޑުކުރުމެއްނެތި "ޗުސްޗުސްލާފަ" ހަރަކާތްކުރަމުން ކުރާ ނަމާދަކީ ނަމާދެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

ބައެއް މީހުން ވަރަށް އަވަސް އަރައި ގަނެގެން "ޗުސްޗުސްލާފަ" ހަރަކާތްތައް ކުރަމުން ނަމާދު ކުރެއެވެ. ނަމަވެސް އެގޮތަށް ކުރާ ނަމާދަކީ ނަމާދެއް ނޫނެވެ. ނުވަ އެއީ ނަމާދުކުރުމެއް ނޫނެވެ.


ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާދައިގެމަތިން މިސްކިތްކޮޅުގައި އިންނަވަނިކޮށް މީހަކު މިސްކިތަށް އެރިއެވެ. އަދި ނަމާދެއް (ސުންނަތް) ކުރުމަށްފަހު އައިސް ރަސޫލާ (ޞޢވ)ގެ އަރިއަހުގައި އިށީނދެ ސަލާމް ކުރުމުން ސަލާމް ބަލައިގެންނެވިއެވެ. އެއަށްފަހު ޙަދީޘްފުޅު ކުރެއްވެވީ އެނބުރި ގޮސް ނަމާދުކުރުމަށެވެ. ތިބާ ނަމާދު ނުކުރާ ކަމަށެވެ.


އެބޭކަލަކު ވަޑައިގެން ކުރިއަށްވުރެ ރަނގަޅަށް ދެވަނަ ފަހަރު ނަމާދުކުރެއްވުމުންމުން ވެސް ރަސޫލާ (ޞޢވ) ވިދާޅުވީ ހަމަ ކުރިންވެސް ވިދާޅުވި ގޮތަށެވެ. 3 ވަނަ ފަހަރު އަދި ކުރީ 2 ފަހަރަށްވުރެ ވެސް ފުރިހަމައަށް ނަމާދުކުރެއްވުމުން ވެސް ވިދާޅުވީ ހަމަ އެއްގޮތަކަށެވެ. އަލުން ނަމާދު ކުރެއްވުމަށެވެ. ކުރެއްވީ ނަމާދު ނޫން ކަމަށެވެ.


އެހިނދު އެބޭކަލަކު ދެންނެވީ އެއަށްވުރެ ފުރިހަމައަށް ނަމާދުކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށާއި ދަސްކޮށްދެއްވުމަށް އެދިވަޑައި ގަންނަވާ ކަމަށެވެ.


އޭނާއަށް ނަމާދުކުރަންވީ ގޮތް ދަސްކޮށްދެއްވަމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްެވެވީ ރުކޫޢުގައާއި އިޢުތިދާލުގައި ހަމަޖެހިލުމަށެވެ. އިޢުތިދާލުގައި ހަމަޖެހިލައިގެން ހުންނަންވާނީ ހަށިގަނޑު ސީދާ ތެދުކޮށްގެންނެވެ. އިޢުތިދާލަށްފަހު ސަޖިދައިގައިވެސް އަދި ދެ ސަޖިދަ މެދު އިނުމުގައިވެސް ހަމަޖެހިލުމަށެވެ.


ހަމަޖެހިލުމުގެ މާނައަކީ މަޑުކޮށްލުމަށެވެ. ކިހައި އިރަކު ހެއްޔެވެ؟ ތިމާގެ ގައިގެ ކަށިތައް ހަމަޖެހިލަންދެންނެވެ. ކޮންމެ ކަށިގަނޑެއް އެއިގެ މަޤާމަށް ރުޖޫޢަވަންދެންނެވެ.


ޢިލްމުވެރިން ވިދާޅުވަނީ އެބޭކަލެއްގެ ނަމާދު ނަމާދަކަށް ނުވީ މަޑުކުރައްވަންޖެހޭ ގޮތަށް މަޑުނުކުރައްވައި އަވަސް އަވަހަށް ނަމާދު ކުރެއްވުމުން ކަމަށެވެ.


ރުކޫޢުގައި ހަށިގަނޑު ބާއްވާނީ ކިހިނެއް:


ރުކޫޢުގައި ހަށިގަނޑު ބާއްވަން ޖެހޭނީ ތެދަށެވެ. ބޯ ތިރިކުރުމެއް އަދި ބޯ އުފުލުމެއް ވެސް ނެތެވެ. މުޅި ހަށިގަނޑު ބާއްވަންވީ ވީހައި ސީދަލަށް ތެދަށެވެ. ރަސޫލާ (ޞޢވ) ނަމާދުކުރެއްވެވި ކަމަށް ޢާއިޝަތު (ރޢ)ގެ އަރިއަހުން ރިވާވެގެންވަނީ މިގޮތެވެ.

("ޗުސްޗުސްލާފައި" ހަރަކާތް ކުރަމުން ނަމާދުކުރާ މީހުން ދަނީ ގިނަވަމުންނެވެ. މިއީ ވަރަށް ބޮޑަށް ވިސްނައިލަންވީ ކަމެކެވެ. މި ޙަދީޘްފުޅުން އެނގެނީ އެގޮތަށް ކުރާ ނަމާދަކީ ނަމާދު ނޫން ކަމެވެ. ނަމާދު ނަމާދަކަށްވާނީ މަޑުކުރަންޖެހޭ ތަންތަނުގައި ަމަޑުކޮށްލައިގެން ނަމާދުކުރުމުންކަމެވެ.)

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް