އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުވައްޒިފުންނަށް ޒަކާތް ދައްކައިދޭކަށް ނުޖެހޭނެ - ދައްކައިދިނުމަކީ ޞަދަޤާތެއް: ޝައިޚް ޢަލީ ޒާހިރު

މުވައްޒިފުންނަށް ޒަކާތް ދައްކައިދޭކަށް ނުޖެހޭނެ - ދައްކައިދިނުމަކީ ޞަދަޤާތެއް: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

މުސާރަދީގެން ގެންގުޅޭ މުވައްޒިފުންގެ މަތިން ޒަކާތް ދައްކައިދޭކަށް ނުޖެހޭނެއެވެ. އަދި ގޭގެ މަސައްކަތްތައް ކުރަން ގެންގުޅޭ މީހަކު ނަމަވެސް އެމީހުންނަކީ މުވައްޒިފުންނެވެ. މުވައްޒިފުން ޒަކާތް ދައްކަންޖެހޭނީ އެމީހަކު އަމިއްލައަށެވެ. ނަމަވެސް މުވައްޒިފުންގެ ފަރާތުންވެސް ޒަކާތް ދައްކައިދެވިދާނެއެވެ. އެކަންވާނީ ކުރާ އިތުރު ހެޔޮ އަމަލަކަށެވެ. ސަވާބު ލިބޭނެ ޞަދަޤާތަކަށެވެ.

ފިޠުރު ޒަކާތް ނެރުމުގެ އެންމެ ރަނގަޅު ވަގުތަކީ ފަތިސް ނަމާދުން ފޭބީންސުރެ ޢީދު ނަމާދާއި ދެމެދުގައިވާ ވަގުތެވެ.

ހައްޤުވެރިންނަށް ބެހުމަށްޓަކައި އެއިގެ ކުރިން އެކަންކުރާ ފަރާތަކާއި ހަވާލުކުރުމަކީ ހުއްދަކަމެކެވެ. އެހެނީ ކުރިއާލައި ހަވާލުކުރަނީ ބަހަންޖެހޭ ވަގުތުގައި ބެހުމަށް ކަމަށްވާތީއެވެ. ޢީދު ނަމާދުގެ ފަހުން ނެރޭނަމަ އެއެއްޗެއްވާނީ ޞަދަޤާތަކަށެވެ. ެއެއީ ފިޠުރު ޒަކާތަކަށް ނުވާނެއެވެ.

ޞަހާބީބޭކަލުން އަމަލުފުޅު ކުރެއްވެވި ގޮތަށް ބަލާއިރު ރޯދަ މަސް ނިމުމުގެ 1 ދުވަސް ކުރިން ނުވަތަ ދެ ދުވެސް ކުރިންވެސް ޒަކާތް ނެރުއްވަވާފައި އެބަހުއްޓެވެ. މާނައަކީ ފިޠުރު ޒަކާތް ނެރުއްވަވައި އެއިގެ ޙައްޤުވެރިންނާއި ޙަވާލުކުރައްވަވަނީ ނުވަތަ ބައްސަވަނީ ރޯދަ މަސް ނިމުމާއި އެހައި ގާތްވެފައިވަނިކޮށް ކަމެވެ.

ޒަކާތް ދައްކަންޖެހޭނީ ގޮވާމުން ބަލާނަމަ 2.4 ކިލޯއެވެ. ބައެއް މީހުން ދީލަތިކަން އިތުރުކުރަން ބޭނުންވެގެން 3 ކިލޯއަށްވެސް އެބަ އިތުރު ކުރެއެވެ. ނަމަވެސް 2.4 ކިލޯއިން ފުދޭނެއެވެ.

- މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި ފަޟީލަތުއްޝައިޚް ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް ދެއްވި ދަރުސުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް