އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރެވިފައިވާ އަޅުކަމަށް ބޮޑާވެ ފަޚުރުވެރިވުމަކީ ވަރަށް ނުރައްކާތެރިކަމެއް - އަތުން ބީވެގެން ހިނގައިދާނެ: ޝައިޚް ޢަލީ ޒާހިރު

ކުރެވިފައިވާ އަޅުކަމަށް ބޮޑާވެ ފަޚުރުވެރިވުމަކީ ވަރަށް ނުރައްކާތެރިކަމެއް - އަތުން ބީވެގެން ހިނގައިދާނެ: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ވަރަށް ގިނައިން އަޅުކަން ކުރާ އަދި ބޮޑެތި ހެޔޮ އަމަލުތައް ވެސް ކުރާ ގިނަ ބައަކު އަޅުގަނޑުމެންގެ ތެރޭގައި ވެސް އެބަ އުޅެއެވެ.

ބައެއް މީހުން ހުރިހާ ތަރާވީޙް ނަމާދާއި ދަމުނަމާދު ކުރެއެވެ. ނުހަނު ގިނައިން ކީރިތި ޤްރްއާން ކިޔަވައެވެ. ޞަދަޤާތް ކުރެއެވެ. ނަމަވެސް މިކަންކަން ކުރުމަށްފަހު ތިމަންނަ ހުރިހާ ތަރާވީހް ނަމާދެއް ކުރީމޭ، މިތަށް ފަހަރު ޚަތިމް ކުރީމޭ މިހައި މިންވަރަށް ޞަދަޤާތް ކުރީމޭ ކިޔައިގެން ފަޙުުރިވެރިވެގެން ނުވާނެއެވެ. އެކަމާއި ބޮޑާވެގެން ނުވާނެއެވެ.

ކުރެވުނު އަޅުކަމާއިމެދު ފަޚުރުވެރިވެ ބޮޑާވުމަކީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ.

އަޅުކަން ކުރެވުމަކީ އެހެން މީހެއްގެ މައްޗަށް ބޮޑާވެ ގަންނަން އޮތް ކަމެއް ނޫނެވެ. ހަމަ އެފަދައިން އަމިއްލަ ނަފުސަށްވެސް ބޮޑާވެވެން އޮތް ކަމެއް ނޫނެވެ. އެހެނީ އަޅުގަނޑުމެން ކުރި އަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަން ނުވަތަ ނޫންކަން އަޅުގަނޑުމެންނަށް ނުއެނގޭތީއެވެ.

ކީރިތި ޤްރްއާނުގައި ބަޔާންވެ އެނގެން އޮތް ގޮތުގައި މާތް ﷲ ގެ މަގުގައި ހޭދަކުރާމީހުން ހޭދަކުރާއިރުވެސް އަދި ހޭދަކުރުމަށްފަހުގައި ވެސް ތިބޭނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެއީ އޭނާކުރި ޢަމަލު މާތް ﷲ ޤަބޫލުފުޅު ކުރެއްވެވިކަން މިދުނިޔޭގައި ނުއެނގޭނެތީއެވެ. އެކަންކަން އެނގޭނީ ހަމަ އާޚީރަތް ދުވަހުގައެވެ.

އެހެންކަމާއިއެކުވެސް އަޅުގަނޑުމެން ތިބެންޖެހޭނީ މާތް ﷲ ގެ ޙަޟްރަތުން އުންމީދުކޮށްގެންނެވެ. އަޅުކަނޑުމެން ކުރި ހެޔޮ އަމަލުތައް މާތް ﷲ ޤަބޫލުފުޅު ކުރައްވަވާނެ ކަމުގެއެވެ.

ކުރެވުނު އަޅުކަމާއިމެދު ބޮޑާވެ ފަޚުރުވެރި ނުވާށެވެ. އެއީ އެކަމުގެ ސަބަބުން ކުރެވުނު ހެޔޮ އަމަލުތައް އަޅުގަނޑުމެންގެ އަތުން ބީވެ ގެއްލިގެން ހިނގައިދާނެ ކަމަށްޓަކައެވެ.

- މިއަދުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި ފަޟީލަތުއްޝައިޚް ޢަލީ ޒާހިރް ބިން ސަޢީދު ޤާސިމް ދެއްވި ދަރުސުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް