އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް ހުންނައިރު މާތް ﷲ ރަހްމަތުގެ ބެއްލެވުމުން ބައްލަވައި ވޮޑިގަންނަވަން ބޭނުންތަ؟

ނަމާދަށް ހުންނައިރު މާތް ﷲ ރަހްމަތުގެ ބެއްލެވުމުން ބައްލަވައި ވޮޑިގަންނަވަން ބޭނުންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ނަމާދަށް ހުންނައިރު ބަލަންޖެހޭނީ ތިމާގެ ކުރިމައްޗަށެވެ. އެބަހީ ސަޖިދަކުރާ ދިމާއަށެވެ. އައްތަޙިއްޔާތުގައި މެނުވީއެވެ. އައްތަޙިއްޔާތުގައި ނަމަ ބަލަންޖެހޭނީ ޝަހާދަތް އިނގިއްޔަށެވެ.

ނަމާދަށް ހުންނައިރު މާތް ﷲ އެމީހަކަށް ރަޙްމަތުގެ ބެއްލުވުމުން ބައްލަވައިވޮޑިގެންވެއެވެ. ނަމަވެސް އެމީހާ އެއްވެސް އަތަކަށް އެނބުރިލައިފިނަމަ އެކަން ނިމިގެންދާނެއެވެ. އެބަހީ އެމީހަކަށް ރަޙްމަތުގެ ބެއްލެވުމުން ބައްލަވައި ވޮޑިގަތުން ހުއްޓަވައިލައްވަވާނެ ކަމެވެ.

(އެހެންކަމުން މިއީ ވަރަށް ބޮޑަށް ވިސްނައި ރައްކައުތެރިވާންޖެހޭ ކަމެކެވެ. ނަމާދުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެމީހަކަށް މާތް ﷲ ރަޙްމަތްފުޅު ލިބިގަތުމެވެ. އެހެންކަމަށްވާއިރު މުޅި ނަމާދުގައިވެސް އެމީހަކަށް މާތްﷲ ރަޙްމަތުގެ ބެއްލެވުމަކުން ބައްލަވައި ވޮޑިގެން ނުވާނަމަ ނަމާދުން އެދަނީ ވަރަށް ބޮޑުބައެއް ގެއްލިގެން ކަމަށްވާތީއެވެ.)

ނިޔަތް ގަތުން:

ނަމާދުކުރުމަށްޓަކައި ދުލުން ކިޔާނެ ނިޔަތެއް ނެތެވެ. އެއްވެސް ޙަދީޘްފުޅެއްގައެއް ނެތެވެ. އެހެންކަމުން އެއްވެސް ފޮތެއްގައި ނަމާދުކުރަން ކިޔާނެ އެއްވެސް ނިޔަތެއް ނެތެވެ.

ކަން މިހެން އޮތް ނަމަވެސް ބައެއް ބޭފުޅުން އެކަމުގައި ވަރަށް ބުރަކޮށް އެބައުޅުއްވައެވެ. "ﷲ އަކްބަރުގެ އ އާ ރ އާއި ދޭތެރޭގައި ނިޔަތް ނުގަނެވިގެން ވަރަށް ޙާލުގައި އުޅުއްވާތަން ފެނޭ."

ނިޔަތް ގަތުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ކޮންމެ ރަށެއްގައި ކޮންމެ ތަނެއްގައި ހުރެ ނަމާދުކުރި ނަމަވެސް މާތްﷲ އަށްޓަކައި އެ ނަމާދެއް ކުރާ ކަމަށް ނިޔަތްގަތުމުން (ހިތަށް އެރުވުމުން) ނިމުނީއެވެ. އެހިސާބުން ނިޔަތް ގަނެވުނީއެވެ. (މިސާލަކަށް މާތް ﷲ އަށްޓަކައި ޢިޝާ ނަމާދުކުރަމޭ، މާތް ﷲ އަށްޓަކައި ފަތިސްނަމާދު ކުރަމޭ)

ޙަރަމްބަން ތަކްބީރު:

ޙަރަމްބަން ތަކްބީރަކީ ނިޔަތް ގަތުމަށްފަހު ނަމާދަށް ފަށަމުން ކިޔާ ﷲ އަކްބަރު އެވެ. އެއިގެ ފަހަތުން އަލްހަމްދު އާއި ދެމެދުގައި ކިޔަނީ ދުޢާތަކެވެ. އެ ވަގުތު ކިޔަން ވަަރަށް ގިނަ ދުޢާތައް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ދަސްކޮށްދެއްވަވައިފައެވެ.

ޙަރަމްބަން ތަކްބީރު ކިޔުމާއިއެކު ނަމާދަށް ފެށުނީއެވެ. ހުރިހާ ސަމާލުކަމެއް ބަހައްޓަން ޖެހޭނީ ނަމާދަށެވެ. ބަލަންޖެހޭނީ ސަޖިދަކުރާ ދިމާއަށެވެ. އައްތަހިއްޔާތުގައި މެނުވީއެވެ.

ޙަރަމްބަނުމަށް އަތް އުފުލުން:

ޙަރަމް ބަނުމަށް އަތް އުފުލަންޖެހޭނީ ދެއަތްތިލަ ޤިބްލައަށްވާގޮތަށް ރީއްޗަށް ތެދަށެވެ. އަތް ހިއްލާނީ ތިމާގެ ކޮނޑާއި ހަމައަށެވެ. އިގިލިތަކުގެ ކުރީކޮޅު ކަންފަތުގެ ފޫޅާއި ހަމައަށް އުފުލޭ ވަރަށް އިތުރު މާތް ނަބިއްޔާ އުފުއްލަވާ ކަމަށް ބައެއް ރިވާޔަތްތަކުގައި އެބަހުއްޓެވެ.

ﷲ އަކްބަރު ކިޔާފަ އަތް ހިއްލުމާއި ﷲ އަކްބަރު ކިޔަމުން އަތް ހިއްލުމާއި ނުވަތަ ހިއްލާފަ ކިޔުމަކުން އެއްވެސް މައްސަލައެއް ނެތެވެ.

ޙަރަމް ބަންނާނީ ކޮންތާކު:

ފޫޅުން ތިރީގައި ޙަރަމްބަނުމެއް ނެތެވެ. އެއީ އެއްވެސް ގޮތަކުން ބަލައި ނުގަނެވޭ ޟަޢީފް ޙަދީޘެކެވެ. ޙަރަމް ބަންނަން އެންމެ ޞައްޙަ ގޮތަކީ މޭމަތީގައި ޙަރަމް ބަނުމެވެ.

- ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން -

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް