އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައަށް ތައްޔާރުވުން 14: ރަމަޟާން މަހު ކަސްތޮޅު އަޅުއްވާތީ މުންކަރާތްތައް ހިންގުވާނެ އެޖެންޓުން ޝައިޠާނުން ކުރިއާލައި ކަސްތޮޅު އަޅުވާ!

ރޯދައަށް ތައްޔާރުވުން 14: ރަމަޟާން މަހު ކަސްތޮޅު އަޅުއްވާތީ މުންކަރާތްތައް ހިންގުވާނެ އެޖެންޓުން ޝައިޠާނުން ކުރިއާލައި ކަސްތޮޅު އަޅުވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ރަމަޟާން މަސް އައުމާއިއެކު ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުއްވަވައިލައްވަވައެވެ. ނަރަކައިގެ 7 ދޮރު ބަންދުކުރައްވަވައެވެ. ބޮޑެތި ޝައިޠާނުންތައް ކަސްކޮޅުއަޅުއްވަވައެވެ.

ބިރުގަންނަން ޖެހެނީ މިކަމާއިއެވެ. ރަމަޟާން މަސް އައުމާއިއެކު ކަސްތޮޅު އަޅުއްވަވާނެކަން ބޮޑެތި ޝައިޠާނުންތަކަށް ރަނގަޅަށް އެނގެއެވެ. އެހެންވެ ޝައިޠާނުންތައް އެ އެއްޗެތީގެ ވަޒީފާ ކުރިއާލައި އަދާކޮށް ނިންމައިލައެވެ.

މީސްތަކުންގެ ތެރެއިން ހައްދާލެވިދާނެ ކަމަށް ޤަބޫލުކުރެވޭ އެންމެން ކުރިއާލައި ހައްދާލައެވެ. ރަމަޟާން މަސް އައިނަމަވެސް އެކަމުން އެއްވެސް ފައިދާ އެއް ނުކުރާނެ ވަރަށް އެމީހުންގެ ހިތްތައް އަޅުވެތިކުރުވައެވެ.

މިފަދަ މީހުން ވަރަށް ފަސޭހައިން ވަކިކުރަން އެނގޭނެއެވެ. ރަމަޟާން މަސް ކައިރިވާ ވަރަކަށް އެމީހުން ބަލާނީ ގެންގުޅޭ ޓީވީގެ ސައިޒް ބޮޑުކުރެވޭތޯ އާއި ތަންކޮޅެއް އަޑުގަދަކޮށް ލަވަޖެހޭނެ ސްޕީކަރެއް ހޯދޭތޯ އާއި ދުއްވާ ސައިކަލް ބޮޑުކޮށްލެވޭތޯއާއި ގެންގުޅޭ ކާރަކީ މިހާރަށްވުރެ ބާރުސްޕީޑްގައި ދުއްވައިލެވޭ ކާރަކަށް ހެދުން ފަދަ ކަންކަމުގައެވެ.

ރަމަޟާން މަސް އައުމާއި ގުޅިގެން ތަފާތު އިވެންޓުތައް ބާއްވައި ޢާއިލާ އާއި ރައްޓެހިން ނަމާދާ ދުރުކުރުވަނީވެސް ހަމަ ޝައިޠާނާގެ އެޖެންޓުންނެވެ. އެފަދަ މީހުން ބަލާނީ ރޯދަ ވީއްލުންތައް ދީގެން މަޣްރިބް ނަމާދު ޖަމާއަތުގައި ކުރުމަށް ހުރަސް އެޅުމަށެވެ. ތަފާތުކެއުންތައް ވެސް ދޭނީ ތަރާވީސްނަމާދު ނުކުރެވޭ ގޮތަށް ކަމަށެވެ.

ޝައިޠާނުންނަށް އެޖެންޓުކަން ކޮށްދޭ މީހުންގެ ތެރެއިން އެންމެ ބޮޑެތި އެޖެންޓުންނަކީ މާތް ﷲ އާއި މީސްތަކުން ދުރުކުރުވަން ބޮޑެތި ހަފްލާތައް ރާވައިގެން ހިންގާ މީހުންނެވެ. މުނިފޫހިފިލުވުމާއި ކުޅިވަރުކުޅުމުގެ ހަރަކާތްތައް ހިންގާ މީހުންނެވެ. މިއެންމެންނަކީ ވެސް އެކަންކަން ކުރުމަށް ޝައިޠާނާ ކުރިއާލައި ކަސްތޮޅު އަޅުވާފައިވާ މީހުންނެވެ. އެޖެންޓުންނެވެ.

ޝައިޠާނާ ދޭ ހަމަލާތައް އަމާޒުކުރާނީ އީމާންކަން އެންމެ ބަލިކަށި މީހުންނަށެވެ. އެހެންކަމުން ޝައިޠާނާގެ އެޖެންޓުންގެ ގޮތުގައި ކަނޑައަޅާނީވެސް އީމާންކަން އެންމެ ބަލިކަށި މީހުންނެވެ. އަޅުކަމާއި އެންމެ ދުރު މީހުންނެވެ. އެންމެ ގިނައިން މުންކަރާތްތަކަށް އަރައިގަންނަ މީހުންނެވެ. ނަމާދުކުރުމަށް އެންމެ ފަރުވާ ކުޑަ މީހުންނެވެ.

ވީމާ ރަމަޟާން މަސް ކައިރިވެގެން މިއަންނައިރު ޝައިޠާނާގެ އެޖެންޓުކަން ކޮށްދޭ މީހަކަށް ނުވެ ވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. މާތްﷲ އެންގެވި ގޮތުގައި ރަމަޟާން މަހާއި ކުރިމަތިލެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ.

- -އިސްލާމީ ތިލަފަތުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް