އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައަށް ތައްޔާރުވުން 26: މުޅި ދުވަހު ރޯދައަށް ހުރުމަށްފަހު ލިބެން އޮތް އެންމެ ބޮޑު ފައިދާ ދޫކޮށްނުލާށެވެ!

ރޯދައަށް ތައްޔާރުވުން 26: މުޅި ދުވަހު ރޯދައަށް ހުރުމަށްފަހު ލިބެން އޮތް އެންމެ ބޮޑު ފައިދާ ދޫކޮށްނުލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ރަމަޟާން މަސް އައުމާއިއެކު އަޅުގަނޑުމެން ރޯދަ ހިފަން ފަށަމުއެވެ. ފަޖުރުއްޞާދިޤްގެ އަލިކަން ފައުޅުވީންސުރެ އިރުއޮއްސެންދެން އަޅުގަނޑުމެން މިތިބެނީ ރޯދައެވެ.

މިބޮޑު އަޅުކަން ނިންމައި ރޯދަވީއްލާ ވަގުތު އެއީ އަޅުގަނޑުމެންނަށް އެންމެ މުހިންމު ވަގުތެވެ. އެންމެ ބޭނުންތެރި ވަގުތެވެ. އެހެނީ އެވަގުތު ކުރާ ދުޢާއަކީ މާތް ﷲ އިޖާބަ ނުކުރައްވަވައި ދޫކޮށްލައްވަވާނެ ދުޢާއެއް ނޫނެވެ.

ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތްގޮތުގައި މާތް ﷲ ދުޢާ އިޖާބަ ނުކުރައްވައި ދޫކޮށް ނުލައްވަވާނެ 3 މީހަކުވެއެވެ. އެއީ ރޯދަވެރިޔާ ރޯދަވީއްލާ ވަގުތު ކުރާ ދުޢާ އާއި އަދުލުވެރި ވެރިއަކު ރައްޔިތުންނަށްޓަކައި ކުރާ ދުޢާ އާއި އަނިޔާ ލިބެމުންދާ މީހާ ކުރާ ދުޢާއެވެ.

މިބޮޑު ފުރުޞަތު މިހައި ހާމަކޮށް ރޯދަވެރިންނަށް އޮތް ނަމަވެސް ރޯދަވީއްލާ ވަގުތު ދުޢާ ކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ވަރަށް ބޮޑަށް އިހްމާލްވަމުން އަންނަ ކަމެކެވެ. އެމަތިވެރި، މުހިންމު ވަގުތު ގާތްވަމުން އަންނައިރު ގިނަ ބައަކު ތިބެނީ ކޮންމެވެސް ކުޅިވަރެއްގައި މަސްއޫލުވެގެންނެވެ. ޓީވީ ބެލުމާއި ގޭމްކުޅުން ފަދަ ކަންކަމުގައި ޣާފިލުވެގެންނެވެ. މުނިފޫހިފިލުވުމުގެ ކޮންމެވެސް ކަމެއް ނުވަތަ ކުޅިވަރެއް ކުޅޭށެވެ. އަނެއް ބައަކު އުޅެނީ ވީހައި މީރު އެއްޗެއް ވީހައި ގިނައިން ކެއުމަށް ތައްޔާރުވުމުގައެވެ. ވީހައި ގިނަ ކާތަކެއްޗަށް ފަސޭހަކަމާއިއެކު އަތް ފޯރުވޭނެ ގޮތް ހެދުމަށެވެ.

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއާދަތައް ބަދަލުކުރަން އެބަޖެހެއެވެ. ރޯދަވިއްލާ ވަގުތު ގާތްވުމުން ސަމާލުކަންދޭންވީ އަޅުކަންކުރުމަށެވެ. ކީރިތި ޤްރްއާނުން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ކިޔައިލުމަށެވެ. ދުޢާކުރުމަށެވެ. އެމީހަކު އެންމެ އެދޭ ކަންކަން ހިންމަވައިދެއްވުން އެދިއެވެ. ދުޢާކޮށްލާފައި ކެއުމަށް އަވަސްވެގަތް ނަމަވެސް ހަމަ ރޯދި ކުރެއްވެވި މިންވަރަކަށް ކެވޭނެއެވެ.

ބައެއް މުޖުތަމައުތަކުގައި މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. ޢާއިލާގެ އެންމެން އެކުގައި ތިބެ ދުޢާ ކުރެއެވެ. ރޯދަ ވީއްލަނީ ދުޢާކުރުމަށްފަހުގައެވެ. އެއީ ހަމަ ހަޤީޤަތުގައިވެސް އެކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތެވެ.

މިސްކިތުގައި ރޯދަ ވީއްލާ މީހުން ވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމުއެވެ. ރޯދަވިއްލާވަގުތުޖެހުމުން އެމީހަކު އެދޭކަމަކުން ދުޢާ ކުރުމަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް